ޢާއިޝަތު ރަފާޙް ޢަލީ
މާގިނައިން ކެއުމަކީ ކޮބައިހެއްޔެވެ؟ އެކަމުގެ ސަބަބުން ތިބާ ހަލާކުވެގެންދާނެއެވެ.
ތިޔަ އެންމެންނަށްވެސް އެ ޙަދީޘް އެނގޭނެއެވެ. ތިންބައިކުޅަ އެއްބައި، ތިންބައިކުޅަ އެއްބައި، ތިންބައިކުޅަ އެއްބައެވެ. އަހަރެމެންގެ ތެރެއިން އެއަށް ޢަމަލުކުރަނީ ކިތައް މީހުންކަމެއް އަހަރެންނަކަށް ނޭނގެއެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިކަން ޙައްލުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރޯދަހިފަން ފެށުމެވެ. އެންމެން ވާހަކަދައްކަނީ 16 ގަޑިއިރުގެ ފާސްޓިންގ އާއި، މެޑިޓެރޭނިއަން ޑައެޓާއި، މިފަދަ ކަންކަމުގެ ވާހަކައެވެ. ސުބުޙާނަﷲ!
އެންމެ މަދުވެގެން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފާށެވެ. ހަފްތާއަކު ތިން ދުވަހެއް ނޫނެވެ، މަހަކު ތިން ދުވަހު ރޯދަހިފައިގެން ތިބާގެ ނަފްސަށް ބަދަލެއް ގެންނަން އުނދަގޫވާނެއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އެކަން ކޮށްފައި ނުވާ މީހެއް ނަމައެވެ.
(މާނައަކީ މަހުގެ 3 ރޯދަހިފައި ހޯމަ ދުވަހާއި ބުރާސްފަތިދުވަހުވެސް ހިފާށެވެ! އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ.)
އެހެންކަމަށްވާނަމަ، އާނއެކެވެ، މަހަކު ތިން ދުވަހުން ފަށާށެވެ. ނަމަވެސް އަވަހަށް އެއަށްވުރެ މައްޗަށް ދާށެވެ. އެންމެ މަދުވެގެން ހޯމަ އަދި ބުރާސްފަތި ދުވަހު ރޯދަހިފާށެވެ. ސަބަބަކީ ރޯދަހިފަން ފެށުމުން، ޢާންމު ގޮތެއްގައި ކެއުން މަދުވާނެތީއެވެ. އަދި ކާބޯތަކެއްޗަށް ހުންނަ ދަހިވެތިކަން މިތަނުން ނެތިގެންދާނެތީއެވެ. ތިބާ ބޭނުންވަނީ އެ ދަހިވެތިކަމާއި، އެދުންވެރިކަން ކޮންޓްރޯލް ކުރާށެވެ. ތިބާ ބޭނުންވަނީ ބަނޑުހައިހޫނުކަމުގައި މަރުވާކަށް ނޫނެވެ، ނަމަވެސް އެކަން ކޮންޓްރޯލް ކުރާށެވެ.
އެހެންކަމުން، ކެއުން މަދުކުރާށެވެ. މިސްކިތްތަކުގައި ކާބޯތަކެތި ބެހެއްޓުމަށް އަހަރެން ތާއީދު ނުކުރަނީ އެހެންވެގެންނެވެ. ނޫނެކެވެ. ދޭތެރެދޭތެރެއިން އެކަން ކުރެވިދާނެއެވެ. އެއީ ރީތި އިޖުތިމާޢީ ބައްދަލުވުމެކެވެ. ނަމަވެސް އަބަދަކު ނޫނެވެ. ސަބަބަކީ އަހަރެމެން ބަދަލުވާން ޖެހޭތީއެވެ. ދާ ކޮންމެ ތަނަކުން އަހަރެމެންގެ ނަފްސަށް ކާންދޭނަމަ އަހަރެމެން ބަދަލުވާނީ ކިހިނެއް ހެއްޔެވެ؟ އެހެންކަމުން ކެއުން މަދުކުރާށެވެ. ރޯދަހިފުން އާދަކުރާށެވެ.
(ޝައިޚާ ޑރ. ހައިފާ ޔޫނުސް އަކީ މެޑިކަލް ޑޮކްޓަރެކެވެ. ދަރުސް ދެއްވަވާފައިވަނީ ޑޮކްޓަރީ ތަޖުރިބާއާއިއެކުގައެވެ. ހިތްވަރު ދެއްވަވާފައި އެވަނީ މަހުގެ މެދުފޮއި 3 ދުވަހުގެ ރޯދައިގެ އިތުރަށް ހަފްތާގެ ދެދުވަހުވެސް ރޯދަހިފުމަށެވެ. އެކަމުން ކުރާނެ ފައިދާ ބޮޑުވާނެތީއެވެ.)
- މިއަދުނޫސް