ނަރަކައިން ސަލާމަތް ވެވޭނީ ފުރަން އެއާޕޯޓަށްދާއިރު ގެންދާ ލަގެޖަށްވުރެ އާޚިރަތަށް ގެންދާ ލަގެޖަށް ސަމާލުކަންދޭ މީހުންނަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ނަރަކައިން ސަލާމަތް ވެވޭނީ ފުރަން އެއާޕޯޓަށްދާއިރު ގެންދާ ލަގެޖަށްވުރެ އާޚިރަތަށް ގެންދާ ލަގެޖަށް ސަމާލުކަންދޭ މީހުންނަށް!: މުފްތީ މެންކް

އަހަރެމެން މިދުނިޔޭގައި ދަތުރަކު ދާނަމަ ގެންދާ ލަގެޖަށް ސަމާލުކަން ދެމުއެވެ. ބޭނުންވާނެ ހުރިހާ އެއްޗެއް ލަގެޖަށް އެޅުނުކަން ކަށަވަރުކުރަމުއެވެ. އެއްޗެއް ގެންދިއުމުން ކުށްވެރިވާނެ އެއްވެސް އެއްޗެއް ބަހަށް ނުއަޅާކަން ކަށަވަރު ކުރަމުއެވެ. ވަގުތުން ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

އާޚިރަތަށް ދަތުރުވެސް އޮތީ ހަމަ މިފަދަ ގޮތަކަށެވެ. ނަމަވެސް ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. އެއީ ދުނިޔޭގައި ތިބާ ބޭނުންނަމަ ލަގެޖަކާއި ނުލައިވެސް ފުރައިގެން ދެވިދާނެއެވެ. ނަމަވެސް އާޚިރަތް ދުވަހު އެކަން މުޅިން ތަފާތެވެ. ތިބާ ކިތަންމެ ބޭނުން ނުވި ނަމަވެސް ތިބާ އާއިއެކު ތިބާގެ ލަގެޖް ހުންނާނެއެވެ. އެ ލަގެޖާއި ވަތްކެއްވެސް ނުވެވޭނެއެވެ.

މިދުނިޔޭގައި ކުރާ ދަތުރުތަކުގައި މަނާއެއްޗެއް ލަގެޖުގައި ގެންދެވިއްޖެ ނަމަ ލަގެޖު ދޫކޮށްލާފައި ފިލުމުގެ ފުރުޞަތުވެސް އެމީހަކު ހުޝިޔާރު ނަމަ ހޯދިދާނެއެވެ. ނަމަވެސް ކިތަންމެ ހުޝިޔާރު ނަމަވެސް އާޚީރަތް ދުވަހަކު އެ ފުރުޞަތެއް ނުލިބޭނެއެވެ. ލަގެޖު ހުންނާނީ ތިބާގެ ގައިގައި ތަތްވެފައެވެ. ކިތަންމެ ބޭނުންވި ނަމަވެސް ގައިން ވަކިކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އެ ލަގެޖު ހުޅުވައި ބަލައި ފާސްކުރެވޭނެއެވެ. ތިބާއަށް ބޯޑިންގ ފާސް ލިބޭނީ ލަގެޖް ފާސްކުރުމަށްފަހުގައެވެ. ލަގެޖުގައި ހުރީ ހެޔޮ އަމަލުތައް ލިބޭނީ ޞިރާޠު މަގު ފަސޭހަކަމާއިއެކު ހުރަސްކުރެވި ސުވަރުގެ ވަދެވޭނެ ބޯޑިންގފާހެކެވެ. ލަގެޖުގައި ހުރީ ފާފަތައް ނަމަ ލިބޭނީ ނަރަކަށް ވަދެވޭނެ ބޯޑިންގ ފާހެކެވެ.

ވީމާ އަހަރެމެން ދުނިޔޭގައި ތިބެ މަސައްކަތް ކުރަންވީ އެމީހެއްގެ ލަގެޖް ހެޔޮ އަމަލުތަކުން ފުރައިލުމަށެވެ. ގަދަ އަޅައި މަސައްކަތް ކުރަންވީ ހަމަ އެންމެ ފާފައެއް ނަމަވެސް ލަގެޖަށް ނުލުމަށެވެ. ސަލާމަތްކަން ލިބޭނީ އެއިރުންނެވެ.

މިއަދު އޮންލައިން