ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ މަތީ އުމުރު އުވާލައި ކުރިމަތިލެވޭ އުމުރު 30 އަހަރަށް ދަށްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ މަތީ އުމުރު އުވާލައި ކުރިމަތިލެވޭ އުމުރު 30 އަހަރަށް ދަށްކޮށްފި

 

އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ރައީސް ޔާމީނުގެ ސަރުކާރުން ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާހް އުވާލަން ޤާނޫނު އަސާސީއަށް ހުށަހެޅި އިޞްލާޙް ކޮމިޓީން ފާސްކުރި ގޮތަށް 72 މެންބަރުންގެ އިއްތިފާޤުން މިރޭ ގެ ޖަލްސާގައި ފާސްކޮށްފައެވެ.

 

މި އިޞްލާޙް ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ އުމުރު 35 އަހަރުން 30 އަހަރަށް ވަނީ ދަށް ކުރެވިފައެވެ. ކުރިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ އުމުރަކީ 35 އަހަރެވެ.

 

ޤާނޫނު އަސާސީއަށް އިޞްލާޙް ގެނެސް އުމުރުން 65 އަހަރުވުމުން ކުރިމަތި ނުލެވޭ ގޮތަށް ރައީސް ޔާމީނުގެ ވެރިކަމުގައި ޤާނޫނުއަސާސީއަށް ބަދަލު ގެނައީ ރައީސް ޔާމީނުގެ ސިޔާސީ ވާދަވެރިންގެ ގޮތުގައި ތިއްބެވި ރައީސް މައުމޫނަށާއި ޤާސިމް އިބްރާހީމްއަށް ކުރިމަތި ނުލެއްވޭ ގޮތަށް ހެދުމަށެވެ. ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި މިކަންކަން ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވީ އެމަނިކުފާނު ކަމަށް ރައީސް ޔާމީނު ވަނީ ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވެފައެވެ.

 

 

މިއަދު އޮންލައިން