ގޭގަ ދިރޭތަކެތީގެ ތަޞްވީރު ކުރަހަން ވާނީ ސޫރަ ފުރިހަމަ ނުވާގޮތަށް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ގޭގަ ދިރޭތަކެތީގެ ތަޞްވީރު ކުރަހަން ވާނީ ސޫރަ ފުރިހަމަ ނުވާގޮތަށް: ޑރ. އިޔާޟް

ޚާއްޞަ މުނާސަބަތަކާއި ގުޅިގެން ގޭތެރެ ޒީނަތްތެރިކުރަން ނަމަވެސް ދިރޭތަކެތީގެ ތަޞްވީރު ކުރަހާނަމަ ކުރަހަން ވާނީ ސޫރަ ފުރިހަމަ ނުވާގޮތަށް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ކުޑަކުދިން ޚިތާނުކުރާއިރު ކަނޑުއަޑީގެ މަންޒަރު (މަސް ހިމެނޭ ގޮތަށް) ގޭތެރޭގަ ކުރެހުމަކީ ކޮންކަހަލަ ކަމެއްތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.

މިސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ "ސޫރަ ފުރިހަމަ ނުވާނަމަ މައްސަލައެއް ނެތް" ކަމަށެވެ. ޚިޠާނުކުރުމަށްޓަކައި ގޭތެރެ ޒީނަތްތެރިކުރުމަށް ނަމަވެސް އަދި ކުޑަކުދިންގެ ޕާޓީއެއް ބޭއްވުމަށް ނަމަވެސް މިބާވަތުގެ ކޮންމެ ކަމަކާއި ގުޅިގެން ނަމަވެސް އަދި ހަމައެކަނި ޒީނަތްތެރިކުރުމުގެ ނަމަވެސް ގޭތެރޭގައި ދިރޭތަކެތީގެ ތަޞްވީރު ކުރަހާނަމަ ކުރަހަން ޖެހޭނީ މި އުޞޫލުންކަން ޝައިޚްގެ ޖަވާބުން އެނގިގެންދެއެވެ.

މިއަދު އޮންލައިން