ޒީނަތްތެރިކަން ފައުޅުވާ ގޮތަށް އަންހެނުން ފޮޓޯ އާންމުކޮށްގެން ނުވާނެ- ޢާންމުކުރި ނަމަވެސް ފިރިހެނުން ލައިކްކޮށް، ކޮމެންޓް ކޮށްގެން ނުވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޒީނަތްތެރިކަން ފައުޅުވާ ގޮތަށް އަންހެނުން ފޮޓޯ އާންމުކޮށްގެން ނުވާނެ- ޢާންމުކުރި ނަމަވެސް ފިރިހެނުން ލައިކްކޮށް، ކޮމެންޓް ކޮށްގެން ނުވާނެ: ޑރ. އިޔާޟް

"ފޭސްބުކާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ހުންނަ އަންހެނުންގެ ފޮޓޯތައް ފިރިހެނުން ބަލައި ލައިކްކޮށް، ކޮމެންޓްކޮށް ހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެކަންކަމަކީ ދީނީ ގޮތުން ބަލާއިރު ކުރުން ފިރިހެނުންނަށް ހުއްދަ ކަންކަންތޯ؟

އަދި އެކަން ކުރާ ފިރިހެނުންނަށް އެކުރެވެނީ ކިހައިވަރެއްގެ ކަމެއްތޯ؟" މި ސުވާލުތަކުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ފުރަތަމަ ކަމަކީ އަންހެނުން، އެކަނބަލުންގެ ޒީނަތްތެރިކަން ފައުޅުވާ ގޮތަށް ސޯޝަލް މީޑިއާގައިވެސް އަދި އެހެން ތަނެއްގައިވެސް ފޮޓޯ އާންމުކޮށްގެން ނުވާނެއެވެ.

އެކަނބަލުން އެފަދަ ފޮޓޯ ޢާންމުކުރި ނަމަވެސް އެފަދަ ފޮޓޯތަކަށް ލައިކްކޮށް، ކޮމެންޓް ކުރުމަކީ ފިރިހެނުން ކޮށްގެންވާނެ ކަމެއް ނޫން" ކަމަށެވެ.

މިއަދު އޮންލައިން