ސްކޫލްތައް ބަންދުވުމަކީ އަޅުކަން ކުރުމުން ޗުއްޓީ ލިބޭ ކަމެއް ނޫން! އަޅުކަން ކުރުމަށް ޗުއްޓީ ލިބޭނީ މަރުވުމުން!: ޝައިޚް ޢަބްދުﷲ މިފްޒާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސްކޫލްތައް ބަންދުވުމަކީ އަޅުކަން ކުރުމުން ޗުއްޓީ ލިބޭ ކަމެއް ނޫން! އަޅުކަން ކުރުމަށް ޗުއްޓީ ލިބޭނީ މަރުވުމުން!: ޝައިޚް ޢަބްދުﷲ މިފްޒާލް

ސްކޫލްތައް ބަނދުވުމުން ޗުއްތީއެއް އެބަ ލިބެއެވެ. ނަމަވެސް މިގޮތުން ލިބޭ ޗުއްޓީގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ އަޅުކަންތައް ފުރިހަމައަށް އަދާކުރުމަށެވެ. ތިމާ ދިރިހުރިހައި ދުވަހަކު އަޅުކަން ކުރުމަށް ޗުއްޓީއެއް ނުލިބޭނެއެވެ. އެކަމަށް ޗުއްޓީ ލިބޭނީ މަރުވުމުންނެވެ.

ޗުއްޓީގައި ރަށަކަށް ދިއަ ނަމަވެސް ބޭރު ޤައުމަކަށް ދިއަ ނަމަވެސް އަދި ދިރުއުޅޭ ރަށުގެ ތުނޑި ފަދަ ތަނަކަށް ދިއަ ނަމަވެސް ފަރުޟު 5 ނަމާދަށް ފުރިހަމައަށް ރައްކައުތެރިވާންވާނެއެވެ. ވަގުތުން ވަގުތަށް ނަމާދުކުރަމުން ގެންދަންވާނެއެވެ. ދަތުރުވެރިޔާއަށް ލުއި ފަސޭހަކަމުގެ ބޭނުން ކުރުމާއިއެކުވެސް ހަމަ އެންމެ ނަމާދެއް ނަމަވެސް ނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ. 

ބޭރު ޤައުމަކަށް ދަތުރުދާނަމަ ފުރަތަމަ އިސްކަން ދޭންޖެހޭނީ އިސްލާމީ ޤައުމަކަށް ދިއުމަށެވެ. ޗުއްޓީއަށް ގޮސް އުޅޭއިރު އެތައްބައިވަރު ފައިސާތަކެއް އެބަ ހޭދަކުރަމުއެވެ. އެގޮތުން ހޭދަކުރާ ފައިސާ ހޭދަކުރަން އެންމެ އަޢުލާކަން މުސްލިމުންނަށް އެކަމުން މަންފާ ކުރާނެ ގޮތަކަށެވެ. އެހެންކަމުން ޢިލްމުވެރިން ބަޔާން ކުރައްވަނީ ބޭރު ޤައުމަކަށްދާނަމަ މުސްލިމް ޤައުމަށް އިސްކަން ދިނުމަށެވެ. ނަމަވެސް ބޭސް ފަރުވާއަށްޓަކައި ކޮންމެހެން ދާންޖެހިއްޖެނަމަ އެހާލަތެއްގައި މުސްލިމް ނޫން ޤައުމަކަށް ދިއުމަކީ މައްސަލައެއް ނޫނެވެ. 

މުސްލިމް ނޫން ޤައުމަކަށް ދިއަނަމަ ކާތެކެއްޗަކީ ހަލާލުތަކެތިކަން ކަށަވަރުކުރަންވާނެއެވެ. މުޅަ ތަކެތި ކެއުން ވަނީ މުސްލިމުންނަށް ހަރާމްވެގެންނެވެ. ވީމާ އެފަދަ އެއްވެސް އެއްޗެއް ކައިގެން ނުވާނެއެވެ. 

ކޮންމެ ޤައުމަކަށް ދިއަ ނަމަވެސް މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި އަޚްލާޤީ ސިފަތަކުގެ މަތީގައި އުޅުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އެހެންކަމުން އުޅެންވާނީވެސް ކަންކަން ކުރަންވާނީވެސް އިސްލާމް ދީނުގައިވާ ރިވެތި އަޚްލާޤީ ސިފަތަކާއި އެއްގޮތަށެވެ.

 

- ޝައިޚް ޢަބްދުﷲ މިފްޒާލްގެ ދަރުސަކުން

މިއަދު އޮންލައިން