ކަމަކަށް އެދި 3 ފަހަރު ދުޢާކުރުމަށްފަހު ފާފަ ފުއްސެވުން އެދިވެސް 3 ފަހަރު ދުޢާކުރުމަށް ރަސޫލް (ޞޢވ) ލޯބި ކުރެއްވެވިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކަމަކަށް އެދި 3 ފަހަރު ދުޢާކުރުމަށްފަހު ފާފަ ފުއްސެވުން އެދިވެސް 3 ފަހަރު ދުޢާކުރުމަށް ރަސޫލް (ޞޢވ) ލޯބި ކުރެއްވެވިއެވެ!

އިބްން މަސްއޫދު (ރޢ)ގެ އަރިހުން އައިސްފައިވެއެވެ. "ކަމަކަށް އެދި 3 ފަހަރު ދުޢާކުރުމަށްފަހު ފާފަ ފުއްސަވައިދެއްވެވުން އެދިވެސް 3 ފަހަރު ދުޢާކުރުމަށް ރަސޫލް (ޞޢވ) ލޯބި ކުރެއްވެވިއެވެ." (އަބޫދާވޫދު އަދި އަލްނަސާއި)

ބައެއް މީހުން ބުނެއެވެ. "މިވެނި ކަމަކަށް އެދި އަހަރެން ދުޢާ ކުރާތާ މިހައި ދުވަސް ވެއްޖެއެވެ. އެވެނި ކަމަކަށް އެދިވެސް މިހައި ގިނަ ދުވަސްވަންދެން ދުޢާ ކުރީމެވެ. އެކަމެއްވެސް ނުވިއެވެ. ދުޢާ ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟" 

ރަނގަޅަށް ވިސްނާށެވެ. ދުޢާ ކުރުމުގެ ޝަރުޠުތަކާއިއެކު އަދި  އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ. ކަމަކަށް ބޭނުންވެ އަހަރެމެން އަވަސް އަރައިގަނެގެން އުޅުނު ނަމަވެސް އެކަމެއް އަހަރެމެންނަށް ލިބެން ނުވަތަ ޙާޞިލުވާން އެންމެ ރަނގަޅު ވަގުތު ދެނެވޮޑިގެންވަނީ އަހަރެމެންގެ ހުރިހާ ކަންކަމެއް އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ.

އަދިވެސް ވިސްނައިލާށެވެ. ދުޢާ އިޖާބަ ކުރެއްވެވުން އެދޭނަމަ ގޮހޮރުގައި ހުންނަން ޖެހޭނީ ހަލާލުތަކެއްޗެވެ. ގައިގައި ހުންނަންޖެހޭނީ ހަލާލުކުތަކެތި ކައިގެން ޖެހި މަހެވެ. ވީމާ އެއްވެސް ގޮތަކުން ހަރާމް އެއްޗެއް ބޭނުންކުރެވިފައިވާނަމަ އެކަމަށް ތައުބާވާން ވާނެއެވެ. މީހެއްގެ ޙައްޤެއް ބޭނުންކުރެވިފައިވާނަމަ ބަދަލުދޭން ޖެހޭނެއެވެ. މަޢާފަށް އެދެން ޖެހޭނެއެވެ. 

އަހަރެމެން އެދޭ ކަންކަމުގެ ތެރެއިން މިދުނިޔޭގައި ޙާޞިލުވަނީ މަދުކަމެކެވެ. އެފަދަ މީހުންނަށް ޤިޔާމަތް ދުވަހުން ލިބޭނެ ނިޢްމަތްތައް މާގިނަވެފައި ފުރިހަމަވާނެއެވެ. ދުނިޔޭގައި ހުރިއިރު އިޖާބަ ނުކުރައްވަވައި ހުރި ދުޢާތައް ޤިޔާމަތް ދުވަހު އިޖާބަކޮށްދެއްވަވާތަން ފެނުމުން ދުނިޔޭގައި ހުރިއިރު އެއްވެސް ދުޢާއެއް އިޖާބަ ނުކުރެއްވެވިނަމަ މާ ރަނގަޅުކަމަށް ބުނެވޭނެއެވެ.

 

- އިސްލަމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން