އެޖެންޑާގައި ހުރި ހުރިހާ ކަމެއް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކޮށް މިއަދުގެ ޖަލްސާ ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
އެޖެންޑާގައި ހުރި ހުރިހާ ކަމެއް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކޮށް މިއަދުގެ ޖަލްސާ ފަށައިފި

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ހުސްވަގުތު ދިނުމާއެކު އެޖެންޑާގައި ހުރި ހުރިހާ ކަމެއް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފިއެވެ. މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ މި ހިނގާ ދަުރު މިމަހުގެ 15 ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށްވެސް ފާސްކޮށްފައެވެ.

ދެ މައްސަލަ ވެސް ފާސްކޮށްފައި ވަނީ ހާޒިރުވެ ތިބި 28 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމައިލީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ 2 ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމުގެ މައްސަލައިގައި ވޯޓަށް ނުއެހިއެވެ. ވޯޓަށް ނުއެހުނީ ރައީސް ޔާމީނަށް ތާއީދުކުރާ 8 ވަރަކަށް މެންބަރުން އިހްތިޖާޖުކުރުމުންނެވެ.

މިއަދު އޮންލައިން