އެޗްއައިވީއަށް ޕޮޒިޓިވް 2 ބިދޭސީން ވަނީ ފިލާފަ- އަޅައިލާނެ ފަރާތެއް ނެތް!: މޫސާ މަނިކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެޗްއައިވީއަށް ޕޮޒިޓިވް 2 ބިދޭސީން ވަނީ ފިލާފަ- އަޅައިލާނެ ފަރާތެއް ނެތް!: މޫސާ މަނިކު

ރާއްޖޭގައި މަސައްކަތް ކުރުމަށް އޭނާގެ ކުންފުނިން ގެނައި 3 މީހަކު އެޗްއައިވީއަށް ޕޮޒިޓިވް ވި ކަމަށާއި އެއިގެ ތެރެއިން 2 މީހަކު ފިލާފައިވާ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މުސާ މަނިކު ވިދާޅުވީ 3 މީހުން ފުރުވާލަން ގެންދިއުމުން އެމީހުން ފުރުވާ ނުލުމަށް އެދި މީހަކަށް 5000 ރުފިޔާ ދޭން ފަރާތަކުން ހުށަހެޅި ކަމަށާއި ފުރުޞަތު ނުދިނުމުން 2 މީހަކު ފިލާފައިވާ ކަމަށާއި ފުރުވައިލެވުނީ އެންމެ މީހަކު ކަމަށެވެ.

އަދި ފިލި ދެމީހުން ހޯދަން ކުރެވޭ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. މުސާ މަނިކު ވިދާޅުވީ ރާއްޖެއަށް ބިދޭސީން އެތެރެކޮށް އަޅާ ނުލައި ދޫކޮށްލުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ފިލާ މީހުންނާއިމެދު ފިޔަވަޅު އަޅާނެ ނިޒާމެއް އަދި އެކަން ކުރާ ފަރާތެއް ސްރުކާރުގައި ނެތް ކަމަށެވެ. "ފިލައިގެން އުޅޭ މީހުން ނުކުރާ މަސަކަތެއް ނުކުރާ ވަގު ވިޔަފާރިއެއް ނެތް. މަނީ ލޯންޑްރީގެ ކަންކަން ކުރަނީ. 15 ރުފިޔާ ދިނީމާ މުސްކުޅި އަންހެނުންގެ ގައިގައި ސައިބޯނި ލައްވައި ފެންވަރުވައިވެސް ދެނީ." މޫސާ މަނިކު ވިދާޅުވީ ފިލައިގެން އުޅޭ މީހުންނަށް ވަޒީފާ ދީގެން ފަސްތަރި ރިޒޯޓުތަކުގައި އެބަ މަސައްކަތް ކުރުވާ ކަމަށާއި އެ މައްސަލަ ސަރުކާރުގެ ހުރިހާ އިދާރާތަކަށް ހުށަހެޅުމުން ވެސް އެއްވެސް ފަރާތަކުން އަޅައި ނުލި ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ ފިލައިގެން އުޅޭ ބައެއް މީހުންނާއި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ މީހުން އެމީހުންގެ ޕާސްޕޯޓު ގެއްލުވައިލީމާ ޕާސްޕޯޓް ހައްދަން އެމްބަސީއަށް (ބަނގްލަދޭޝް އެމްބަސީއަށް) ދިއުމުން އެމްބަސީން ޕާސްޕޯޓް ހަދައި ނުދޭ ކަމަށެވެ. ހަދައި ނުދެނީ އެމީހުންގެ ޤައުމުގައި މިހުން ގިނަވެ ތޮއްޖެހިފައިވުމުން އެމީހުން ޤައުމަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ. މޫސާ މަނިކު ވިދާޅުވީ މިކަންކަމަށް މިއަދު ސަމާލުކަން ނުދީފިނަމަ ދިވެހިންގެ ޤައުމު ދިވެހިންގެ ޤައުމެއްގެ ގޮތުގައި ނުބޭއްވޭނެ ކަމަށާއި ދުވަސްކޮޅަކުން މަޖިލީހާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބޭނީ ބިދޭސީންގެ ދަރިން ކަމަށެވެ.

މިއަދު އޮންލައިން