ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހުގެ ހުރިހާ ވަޒީރުންނަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
2 މިނިސްޓަރަކަށް އެންމެ މެންބަރަކު ވޯޓު ނުދެއްވި ނަމަވެސް އެހެން ހުރިހާ ވަޒީރުންނަށް ވެސް ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ.
ޚާރިޖީ ވަޒީރު ކަމަށް ޢައްޔަނުކުރެއްވި ޢަބްދުﷲ ޝާހިދަސް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 70 މެންބަރުންނެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 70 މެންބަރުންނެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 68 މެންބަރުންނެވެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 70 މެންބަރުންނެވެ.
ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުޙައްމަދު އަސްލަމް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 70 މެންބަރުންނެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 70 މެންބަރުންނެވެ.
ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 70 މެންބަރުންނެވެ.
ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 70 މެންބަރުންނެވެ.
އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 70 މެންބަރުންނެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން މިނިސްޓަރ ޢައިޝަތު ނަހުލާ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 70 މެންބަރުންނެވެ.
އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 68 މެންބަރުންނެވެ.
ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 69 މެންބަރުންނެވެ.
އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓަރ ފައްޔާޟް އިސްމާޢީލް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 71 މެންބަރުންނެވެ.
ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޒަހާ ވަޙީދު އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 72 މެންބަރުންނެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ.އަހްމަދުމ ޒާހިރު ޢަލީ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 71 މެންބަރުންނެވެ.
ހައުސިންގ އެންޑް ޢަރބަން ޑިވޮލޮޕްމަންޓް މިނިސްޓަރ އާމިނަތު ޢާޠިފާ ޝުކޫރު އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 72 މެންބަރުންނެވެ.
ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަޚްލޫފް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 72 މެންބަރުންނެވެ.
ޖެންޑަރ ފެމިލީ ސޯޝަލް ސަރވިސް މިނިސްޓަރ ޝިދާތާ ޝަރީފް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 67 މެންބަރުންނެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 72 މެންބަރުންނެވެ.
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 72 މެންބަރުންނެވެ.