ޕީޕީއެމްގެ ޓިކެޓް އެމްޕީ ނަޝީދު ބޭނުންފުޅު ނުވި!؟

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޕީޕީއެމްގެ ޓިކެޓް އެމްޕީ ނަޝީދު ބޭނުންފުޅު ނުވި!؟

ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕީޕީއެމް ތަމްސީލު ކުރައްވާ މަޖިލިސް މެމްބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަށް، ރޭ ބޭއްވި ހަފްލާގައި ދެބޭފުޅަކަށް ޓިކެޓް ދިން މަންޒަރު ފެނިގެން ނުދިޔައެވެ.

ދެން އުފެދުނު ސުވާލަކީ އެ ދެ ބޭފުޅަކަށް އެޕާޓީން ޓިކެޓް ހަވާލުކޮށްފައެއް ނުވަނީ ކީއްވެތޯއެވެ؟ ޕީީޕީއެމްގެ އިސްބޭފުޅުން އެކަމަށް ނުރުހުނީތޯއެވެ؟ ނޫނީ އެބޭފުޅުން ޓިކެޓް ބޭނުން ނުވީތޯއެވެ؟ 

ޕީޕީއެމުން ރޭ ބެއްވި ހަފްލާގައި ޓިކެޓް ދީފައި ނުވާ ދެ ބޭފުޅުންނަކީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކަށާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެއެވެ. 

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މި ވަގުތަށް ޕީޕީއެމްގެ ޓިކެޓް ބޭނުން ނުވާކަމަށް ވިދާޅުވެ ނަޝީދު ޕީޕީއެމްގެ ޓިކެޓް ބޭނުން ނުކުރެއްވީ އެވެ. 

ނަމަވެސް، މޫސާ މަަނިކަށް ޓިކެޓް ހަވާލު ނުކުރި ސަަބަބެއް އަދި އެނގިފައި ނުވެއެވެ. މިކަމާއި ގުޅިގެން މޫސާ މަނިކުގެ ބަހެއް ވެސް އަދި ލިބިފައި ނެތެވެ.

ޕީޕީއެމުން ރޭ ބޭއްވި ހަފްލާއެއްގައި އެޕާޓީން ވަނީ އެޕާޓީ ތަމްސީލު ކުރުމަށް މިވަގުތު ތިއްބެވި 24 މެމްބަރަކަށް ޕްރައިމަރީއަކާއި ނުލާ "ތަބަކަށް ލާފައި" ޓިކެޓް ހަވާލުކޮށްފައި އެވެ.

މިއަދު އޮންލައިން