ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްގެ އަރިހަށް، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އިއްޔެ ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވައި އަދި މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ސަފީރަށް މަޢުލޫމާތު ޙިއްޞާ ކުރެއްވި ކަމަށްވެސް މަޖިލީހުގެ އިދާރާ ިނ ބުނެފައިވެއެވެ. ސަފީރު ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް ގެންދަވަނީ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވަވަމުންނެވެ.