ކޮމަންވެލްތުގައި އަލުންބައިވެރިވާން މަޖިލިހުން ފާސްކޮށްފި

ކިޔުމަށް ހޭދަވާނީ 37ސ
ކޮމަންވެލްތުގައި އަލުންބައިވެރިވާން މަޖިލިހުން ފާސްކޮށްފި

ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވާން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމާ މެދު މެންބަރުން ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް މަޖިލިހުގެ ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަޒީރުންގެ މަޖިލީހުން ނިންމެވީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަކީ ރައީސް ސޯލިހުގެ ސަރުކާރުގައި ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރެއިން އެއްވައުދެވެ.

މިއަދު އޮންލައިން