އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ފުވާދު މަޖިލިހަށް

ކިޔުމަށް ހޭދަވާނީ 48ސ
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ފުވާދު މަޖިލިހަށް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤް، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ނިންމައިފިއެވެ.

 

ފުވާދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ ކެންޑިޑޭޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ގަސްދު ކުރައްވާފައިވާ ކަމަށެވެ.

 

ގިނަ ދުވަސްތަކެއް ވަންދެން ޝްރީ ލަންކާގައި ދިރިއުޅުއްވުމަށްފަހު، މިހާރު ފުވާދު ތައުފިޤް ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. ކޮރަޕްޝަންގެ މައްސަލައެއްގައި ސުވާލު ކުރުމަށް، މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު އޭސީސީ އަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގާފައެވެ. ނަމަވެސް އެއެންގުމަށް އޭނާ އެކޮމިޝަނަށް ހާޒިރުވި ކަމެއް ނުވަތަ ނުވާ ކަމެއް ވެސް އެނގިފައި ނުވާއިރު، އެމައްސަލަ ނިމިފައިވާ ގޮތުގެ ތަފްސީލެއް ވެސް

މިއަދު އޮންލައިން