ނަމާދު ވަގުތުގައި ނުކުރުމާއި ބޭނުންހައި ގޮތަކަށް ހެދުން އެޅުމަކީ ދީނުގައިވާ ލުއިފަސޭހަ ކަމުގެ ތެރޭގަ ހިމެނޭ ކަންކަމެއް ނޫން: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނަމާދު ވަގުތުގައި ނުކުރުމާއި ބޭނުންހައި ގޮތަކަށް ހެދުން އެޅުމަކީ ދީނުގައިވާ ލުއިފަސޭހަ ކަމުގެ ތެރޭގަ ހިމެނޭ ކަންކަމެއް ނޫން: ޚުޠުބާ

"އިސްލާމް ދީނުގެ ލުއިފަސޭހަކަމުގެ މާނައަކީ އިސްލާމް ދީނުގައި ކަނޑައަޅުއްވަވާފައިވާ އިންތައް ފަހަނައަޅައި ދިއުމެއް ނޫނެވެ. އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނޭ ބުނެ، ނަމާދު އެއިގެ ވަގުތުގައި އަދާކުރުމުން އެއްކިބާވުމެއް ނޫނެވެ. އަދި އިސްލާމް ދީނަކީ ލުއި ފަސޭހަ ދީން ކަމަށް ބުނެ، އިސްލާމް ދީނުގައި ހެދުން އެޅުމަށް ކަނޑައަޅުއްވާފައިވާ ގޮތާ ޚިލާފަށް ހެދުން އެޅުމެއްވެސް ނޫނެވެ. އެހެނެއްކަމަކު އެއީ އިސްލާމް ދީނަށް އުޅުމަށް ދެއްވަވާފައިވާ ލުއިފަސޭހަކަމެކެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމް ދީނަށް އުޅުމަކީ ބުރައަކަށް ވެގެން ނުދާނެ ކަންތައްތަކެކެވެ." މިއަދުގެ ޚުތުބާއިން

 

މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި ލުއި ފަސޭހަކަން ލިބެނީ ދީނުގައި ކުރަންޖެހޭ ކަންކަން ނުކޮށް ދޫކޮށްލުމަށް ނޫން ކަމަށެވެ. ލުއިފަސޭހަކަން ލިބެނީ ކުރަންޖެހޭ ކަންކަން ކުރުމުގައި ކަމަށެވެ.

 

އެގޮތުން ޠާހިރުވާން ޖެހޭ ޙާލަތުގައި ފެން ނުލިބިއްޖެނަމަ ތަޔައްމަމު ކުރުން ހުއްދަވުމާއި ނަމާދުކުރަން ޖެހޭ ވަގުތުގައި މިސްކިތަށް ދެވޭނެ ގޮތެއް ނެތްނަމަ ހުރި ކޮންމެ ތަނެއްގައި ހުރެ ނަމާދުކުރުން ހުއްދަވުން ފަދަ ކަންކަމުގައި ކަމަށެވެ.

 

ޚުޠުބާގައި މިއަދު ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ނަމާދު ވަގުތުތަކުގައި ނަމާދު ނުކުރުމާއި އެމީހަކު ބޭނުންހައި ގޮތަކަށް ހެދުން އެޅުން ފަދަ ކަންކަމަކީ މުޖުތަމައުން މިހާރު އެންމެ ގިނައިން ފެންނަމުން އަންނަ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

 

 

މިއަދު އޮންލައިން