ވައިގަދަވުމުން ކުރާ ދުޢާ:
اَللَّهُمَّ إِنِّيْ أَسْأَلُكَ خَيْرَهَا، وَخَيْرَ مَا فِيْهَا, وَأَعُوْذُ بِكَ مِنْ شَرِّهَا, وَشَرِّ مَا فِيْهَا
މާނަ: ހައްދަވާ ގެންގުޅުއްވަވާ އިލާހްއެވެ. އެއިގެ ހެޔޮކަމާއި، އެއިގައިވާ ހެޔޮކަމަށް އެދި ދަންނަވަމުއެވެ. އަދި އެއިގެ ނުބައިކަމާއި، އެއިގައިވާ ނުބައިކަމުން ރައްކައުތެރިކޮށްދެއްވެވުމަށް އެދި އިނބަ ﷲގެ ހަޟްރަތަށް ދަންނަވަމެވެ.
اَللَّهُمَّ إِنِّيْ أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيْهَا, وَخَيْرَ مَا أُرْسِلْتَ بِهِ وَأَعُوْذُ بِكَ مِنْ شَرِّهَا, وَشَرِّ مَا فِيْهَا, وَشَرِّ مَا أُرْسِلْتَ بِهِ
މާނަ: ހައްދަވާ ގެންގުޅުއްވަވާ އިލާހްއެވެ. އެވައިގެ ހެޔޮކަމާއި، އެވައިގައި ހުރި ހެޔޮކަމާއި، އެވައި ފޮނުއްވެވުނު ހެޔޮކަމެއް ދެއްވެވުން އެދި އިނބަ ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. އެވައިގެ ނުބައިކަމާއި، އެއިގައި ހުރި ނުބައިކަމާއި އެވައި ފޮނުއްވުނު ނުބައި ކަމަކުން ރައްކައުތެރިކޮށް ދެއްވެވުން އެދި އިނބަ ﷲގެ ޙަޟްރަތަށް ދަންނަވަމުއެވެ.
للَّهُمَّ إِنِّيْ أَسْأَلُكَ مِنْ خَيْرِ هَذِهِ الرِّيْحِ وَخَيْرَ مَا أُمِرَتْ بِهِ, وَأَعُوْذُ بِكَ مِنْ شَرِّ هَذِهِ الرِّيْحِ وَشَرِّ مَا أُمِرَتْ بِهِ
މާނަ: ހައްދަވައި ގެންގުޅުއްވަވާ އިލާހްއެވެ. މިވައިގެ ހެޔޮކަމާއި، މިވައިގައި ހުރި ހެޔޮ ކަމަކާއި އެވަޔަށް އަމުރުވެވިގެންވާ ހެޔޮކަމެއް މިއަޅާއަށް ދެއްވަވައިފާނދޭވެ. އަދި މިވައިގެ ނުބައިކަމުންނާއި މިބވައިގައި ހުރި ނުބައި ކަމަކުންނާއި، މިވައިގައި ހުރި ނުބައި ކަމަކާއި މިވަޔަށް އަމުރުވެވިގެންވާ ނުބައި ކަމަކުން މިއަޅާ ރައްކައުތެރިކޮށް ދެއްވަވާނދޭވެ.
ގުގުރުމުން ކުރާ ދުޢާ:
سُبْحَانَ الَّذِيْ يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلاَئِكَةُ مِنْ خِيْفَتِهِ
މާނަ: ގުގުރި، ޙަމްދާއިއެކު އެކަލާނގެއަށް ތަޞްބީޙަ ކިޔައި، މަލާއިކަތުންވެސް އެކަލާނގެއަށް ބިރުވެތިކަމާއިއެކު ތަޞްބީޙަ ކިޔާ، ﷲ ހުސްޠޯހިރުވަންތަކަމާއިއެވެ.
ވާރޭ ވެހުން ގިންވެ، ގެއްލުން ވެދާނެކަމަށް ފެނުމުން ކުރާ ދުޢާ
اَللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا, اَللَّهُمَّ عَلَى الآْكَامِ وَالظِّرَابِ وَبُطُوْنِ الْأَوْدِيَةِ, وَمَنَابِتِ الشَّجَرِ
މާނަ: ހައްދަވައި ގެންގުޅުއްވަވާ އިލާހްއެވެ. އަޅަމެންގެ މައްޗަށް ވާރޭ ނުވެއްސަވައި، އަޅަމެންގެ އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވެއްސަވާނދޭވެ! ހައްދަވައި ގެންގުޅުއްވަވާ އިލާހްއެވެ. ކުދި ފަރުބަދަތަކުގެ މައްޗަށާއި، ގަސްގަހާގެހީގެ ބުޑުތަކަށް ވެއްސަވާނދޭވެ!
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް