ބަރުޒަޚުގެ ޢާލަމާއިމެދު ނުވިސްނައި އުޅޭ އެއްވެސް މީހަކަށް ސުވަރުގެ ލިބޭނެ ކަމަށް އުންމީދުކުރުމެއް ނެތް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ބަރުޒަޚުގެ ޢާލަމާއިމެދު ނުވިސްނައި އުޅޭ އެއްވެސް މީހަކަށް ސުވަރުގެ ލިބޭނެ ކަމަށް އުންމީދުކުރުމެއް ނެތް!: ބިލާލް އައްސަދު

ބަރުޒަޚްގެ ޢާލަމަކީ އެއްވެސް އިންސާނެއްގެ އެއްވެސް ބާރެއް ހިނގާނެ ދުވަސްތަކެއް ނޫނެވެ. ބަރުޒަޚުގެ ޢާލަމުގައި ހުރިހާ ކަމެއްވެސް ހިނގާނީ އެކަމެއް ހިނގުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާ ގޮތަކަށެވެ. ބަރުޒަޚުގެ ޢާލަމުގައި ކަންކަން ހިނގާނީ މިދުނިޔޭގައި މިހިނގާ ގޮތަށް އެއް އުޞޫލަކުން ނޫނެވެ. ކޮންމެ މީހަކަށްވެސް ތަފާތު ގޮތަކަށެވެ.

އެމީހަކާއިމެދު ބަރުޒަޚުގެ ޢާލުމުގައި ކަންކަން ހިނގާނީ އެމީހަކު ދުނިޔޭގައި ހުރެ ކޮށްފައިވާ އަމަލުތަކުގެ މައްޗަށެވެ. މިދުނިޔޭގައި ތަފާތު ޑީލްތައް ހެދި ނަމަވެސް ބަރުޒަޚުގެ ޢާލަމުގައި އެއްވެސް ޑީލެއް ނުހެދޭނެއެވެ. ކުރެވޭނެ އެއްވެސް މަޝްވަރާއެއްވެސް ނުއޮންނާނެއެވެ. އަދި ހެޔޮ ކަމުގެ ތިލަފަތަށް ބަރުކުރަން ތިމާއަށް ކުރެވޭނެ އެއްވެސް ކަމެއް ވެސް ނުއޮންނާނެއެވެ.

އެހެނީ މަރުވުމާއި ހަމައިން އިންސާނާގެ އަމަލުތަކުގައި އެވަނީ ސިއްކަ ޖެހި ނިމިފައެވެ. ނަމަވެސް ކައްވަޅުގައި އޮންނައިރުވެސް ތިމާއަށް ފައިދާ ކުރާނެ، ކައްވަޅު އަލިކޮށްދޭނެ 3 ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ތިމާއަށްޓަކައި ހެޔޮ ދުޢާކުރާނެ ޞާލިޙް ދަރިއަކު ތަރުބިއްޔަތު ކުރެވިފައިވާނަމަ އެ ދަރިފުޅުގެ ދުޢާއެވެ. 2 ވަނައަކީ އެހެން މީހުންނަށް ފައިދާ ކުރާނެ ޢިލްމެއް ނުވަތަ ޢިލްމް ޙާޞިލުކުރެވޭނެ މަގެއް ފަހިކޮށްދީފައިވާނަމަ އެކަމެކެވެ. 3 ވަނައީ އެހެން މީހުންނަށްޓައި ދޫކޮށްފައި ހުރި ޞަދަޤާތެކެވެ. އެހެން މީހުންނަށް ފައިދާ ކުރާނެ ގޮތަށް ނުވަތަ ފައިދާ ލިބެމުންދާނެ ގޮތަށް ކޮށްދީފައިވާ ކަމެކެވެ. ބަރުޒަޚުމުގެ ޢާލްމްގެ ދުވަސްތައް ފެށުމާއިއެކު އެމީހަކަށް ޤިޔާމަތް ދުވަހު މެދުވެރިވާނެ ގޮތް އެނގިގެންދާނެއެވެ. މާނައަކީ އެމީހަކީ ސުވަރުގެވަންތަ ވެރިއެއްކަން ނުވަތަ ނަރަކައަށްދާންޖެހޭ މީހަކުކަން އެނގިގެންދާނެއެވެ.

އެހިނދު ސުވަރުގެ ލިބޭ ބުނާނެއެވެ. އަވަހަށް ޤިޔާމަތް ދުވަސް އަންނާނމެ ނަމައެވެ. ނަރަކައަށް ދާންޖެހޭ މީހުންނަށް ކައްވަޅުގެ އަޒާބު ލިބެމުންދާއިރު ވެސް ޤިޔާމަތްވުމަކަށް ނުއެދޭނެއެވެ. އެހެނީ ޤިޔާމަތް ދުވަހު އެމީހުންނަށް ހުރީ މާ ގަދަފަދަ އަޒާބުކަން އެނގޭތީއެވެ. އެއް ބައަކަށް ބަރުޒަޚުގެ ޢާލަމަކީ އަރާމު ތަންމައްޗެކެވެ. މަރުވެ ވަޅުލެވުނީންސުރެ ޤިޔާމަތް ދުވަހުގެ ތާޅަފިއްޔާއި ހަމައަށް އެމީހުން ތިބެނީ އަރާމު ނިންޖަކުން ނިދައިފައެވެ. ތާޅަފިލީގެ އަޑަށް ބިންގަނޑު ފަޅަފަޅައިގެން ގޮސް މަރުވެފައިވާ އެންމެން ތެދުވާއިރު ތެދުވަން ޖެހުމުން ނޫނީ އެމީހުންނަށް ކަމެއް ވެގެން އުޅޭކަންވެސް ނުއެނގޭނެއެވެ. މަރުވުމަށްފަހު ފާއިތުވީ ކިތައް ބިލިއަން އަހަރު ކަމެއްވެސް އިހްޞާޞެއް ނުކުރެވޭނެއެވެ. އެހެންކަމުން ތެދުވެ ފުރަތަމަ ވެސް ކުރާނީ ޝަކުވާއެވެ! އެމީހުން އެހައި އަރާމު ނިންޖެއްގައި ތިއްބައި ހާލައްވައިލީ ކާކުތޯ އަދި ކީއްވެގެންތޯ ސުވާލުކުރާނެއެވެ.

މިކިޔައިދިނީ ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ އެކަލާނގެ އެނގެވި ގޮތުގައި ދުނިޔޭގައި އުޅުނު މީހުންގެ ވާހަކައެވެ. ދެން އޮތީ ﷲ ތަޢަލާއަށް ނުކިޔަމންތެރިވެ އެމީހަކު ބޭނުންވި ގޮތަށް ދުނިޔޭގައި އުޅުނު މީހުންގެ ވާހަކައެވެ. އެމިހުންނަށް ކައްވަޅުގައި ނުވަތަ ބަރުޒަޚުގެ ޢާލަމުގައި ވެސް ދާނީ އެމީހަކު ކުރި ފާފަތަކަށް ހައްޤު ޝަޒާ ލިބެމުންނެވެ. ތާޅަފިލި ފުމެލެއްވުމުން ކައްވަޅުން ތެދުވަން ޖެހޭ ވަގުތާއި ހަމައަށްވެސް ތިބެން ޖެހޭނީ އެހާލަތުގައެވެ. ކުރިންވެސް ބުނި ފަދައިން ބަރުޒަޚުގެ ޢާލަމަކީ އިންސާނާގެ ދެވަނަ ހަޔާތެވެ. ފުރަތަމަ ހަޔާތަކީ ދުނިޔޭގައި ހޭދަކުރި ދުވަސްތަކެވެ. 3 ވަނަ ޙަޔާތަކީ އާޚިރަތް ދުވަހެވެ.

މިއަދު އޮންލައިން