ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިޔުޓީ ނުނެގުމުގެ ވައުދު ފުއްދުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިޔުޓީ ނުނެގުމުގެ ވައުދު ފުއްދުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ދަނޑުވެރިކަމުގެ ބޭނުންތަކަށް އެތެރެކުރާ ތަކެތިން ޑިޔުޓީ ނުނެގުމުގެ ވައުދު ފުއްދުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި އެވެ.

ބިލު ހުށަހެޅުމުން ބައެއް މެންބަރުން ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފައްދަން ކުރާ މަސައްކަތްތައް އިތުރުކުރަން ކުރަންޖެހޭ މަސައްކަތް އިތުރުކުރަންޖެހިފައިވާއިރު މިފަދަ ބިލެއްގެ ސަބަބުން ދަނޑުވެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ފައިދާ ރައްޔިތުންނަށާއި ދަނޑުވެރިންނަށް ވެސް ކުރާނެ ކަމަށެވެ.

ރާއްޖޭގައިވެސް މިހާރު ދަނޑުވެރިކަން ކުރަނީ މެޝިނަރީ އާއި މުޑުވައް އަދި ގަސްކާނާ އާއި އެނޫންވެސް ދަނޑުވެރިކަމަށް ބޭނުންވާ ވަރަށް ގިނަ ބާވަތްތައް އެތެރެކޮށްގެންނެވެ. އެހެންކަމުން އެތަކެތިން ޑިޔުޓީ މާފުކުރުމަކީ ދަނޑުވެރިކަން ކުރިއަރުވަން ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދު އޮންލައިން