ގެސްޓް ހައުސް އަޅަން ގެންނަ ތަކެއްޗާ ފައިބަރުން ޑިޔުޓީ މާފުކުރުމަށް ޢާމިރު ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ގެސްޓް ހައުސް އަޅަން ގެންނަ ތަކެއްޗާ ފައިބަރުން ޑިޔުޓީ މާފުކުރުމަށް ޢާމިރު ހުށަހަޅައިފި

ރަށްރަށުގައި ގެސްޓް ހައުސް އަޅަން ގެންނަ ތަކެއްޗާއި އޮޑި ދޯނި ފަހަރު އުފައްދަން އެތެރެކުރާ ފައިބަރުން ޑިޔުޓީ މާފުކުރުމަށް ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވައިފި އެވެ. މަޖިލީހުގައި ޢާމިރު ވިދާޅުވީ ރިޒޯޓުތައް ތަރައްޤީކުރަން ގެންނަ ތަކެތިން ޑިޔުޓީ މާފުކުރެވޭ ފަދައިން ގެސްޓް ހައުސް އަޅަން ގެންނަ ބާވަތްތަކުންވެސް ޑިޔުޓީ މަޢާފްކުރުން މުހިންމު ކަމަށެވެ.

"ދޯނި ބަންނަން އެތެރެކުރާ ލަކުޑިން ރައީސް މަުމޫންގެ ވެރިކަމުގަ ވަނީ ޑިޔުޓީ މާފުކޮށްފަ. ނަމަވެސް މިހާރު އޮޑި ދޯނިފަހަރު ބަންނަނީ ލަކުޑިއަކުން ނޫން. ފައިބަރުން. ވީމާ ފައިބަރާއި އޮޑި ދޯނިފަހަރު ބަންނަން އެތެރެކުރާ ހުރިހާ ބާވަތްތަކުން ވެސް ޑިޔުޓީ މާފުކޮށް ދިނުމަށް އަޅުގަނޑު ހުށަހަޅަން." މިއަދު ހުށަހެޅި ދަނޑުވެރިކަމާއިބެހޭ މަސައްކަތްތަކަށް އެތެރެކުރާ ތަކެތީގެ ޑިޔުޓީ މާފުކުރުމުގެ ބިލު ކޮމިޓީ މަރުހަލާގައި ދިރާސާކުރާއިރު މިކަންކަމަށް ވިސްނުމަށްވެސް ޢާމިރު ވަނީ އެދިވަޑައިގެންފައެވެ.

ޢާމިރު ވިދާޅުވީ މިބާވަތްތަކުން ޑިޔުޓީ މާފުކުރުމުން ދައުލަތަށް ލިބޭ އާމްދަނީ މަދުވެ ބަޖެޓަށް ބާރު ބޮޑުވާނެ ކަމަށެވެ. އެކަން ފޫބެއްދުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ޞިއްހަތަށް ގެއްލުންދޭ ތަކެތީގެ ޑިޔުޓީ ބޮޑުކުރުމަށްވެސް ހުށަހަޅުއްވާ ކަމަށެވެ.

މިއަދު އޮންލައިން