ތެލުގެ ބާވަތްތަކުން ޑިޔުޓީ ކަނޑާލަން ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ތެލުގެ ބާވަތްތަކުން ޑިޔުޓީ ކަނޑާލަން ހުށަހަޅައިފި

ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތަކުން ޑިޔުޓީ ކަނޑާލަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ަހުށަހަޅައިފިއެވެ.

ބިލް ހުށަހަޅުއްވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ވިދާޅުވީ ޑިޔުޓީ ކަނޑާލުމުން ފީފީއަކުން 250 ރުފިޔާ އަގު ހެޔޮ ކުރެވެން ޖެހޭނެ ކަމަށާއި މިކަމުގެ ސަބަބުން އަހަރަކު 477 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެ ކަމަށެވެ.

މުޞްޠަފާ ވިދާޅުވީ ދައުލަތުން މިހައި ބޮޑު އިނާޔަތެއް ދިނުމުން ތެޔޮ އެތެރެކުރާ ފަރާތްތަކުން އެކަން ބަލައިގަނެ ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނެސް އެ ނިޞްބަތުން އަގުހެޔޮކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރާކަން އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. މި ބިލާއި ބެހޭ ގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު ވިދާޅުވީ ސަރުކާރަށް މި ބަދަލުގެ ސަބަބުން އަހަރަކު 477 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ނަމަވެސް އެއިގެ ބަދަލުގައި ރައްޔިތުންގެ އަތުން އިތުރު އެއްވެސް ޓެކްސް އެއް ނުނަގާނެ ކަމަށެވެ.

މިއަދު އޮންލައިން