ދަނޑުވެރިންގެ ޓެކްސް ކަނޑައިލުމުގެ ބިލް ބަލައިގަތުމަށް ފާސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ
ދަނޑުވެރިންގެ ޓެކްސް ކަނޑައިލުމުގެ ބިލް ބަލައިގަތުމަށް ފާސްކޮށްފި

ދަންޑުވެރިކަމުގެ ބޭނުމަށް ރާއްޖެއަށް ބޭރުން އެތެރެކުރެވޭ ތަކެތިން ޑިއުޓީ މާފު ކުރުމަށް ނިންމައި، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްގައިވާ ގޮތަށް ބަލައިގަތުމަށް އެމަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

 

ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި ބިލުގައި ވަނީ ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ އެންމެހައި ތަކެއްޗާއި ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް އަދި އެކްސްޕޯޓް ކުރުމަށް ފުރިހަމަ ކުރަން ޖެހޭ މިންގަނޑުތައް ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށެވެ.

 

އެމްޕީ ޝަރީފު ވިދާޅުވީ މިބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނޑުވެރިކަން ފަށައި، ފުޅާ ކުރެވޭނެ މަގުފަހި ކޮށްދިނުން ކަމަށެވެ.

 

ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން ޑިއުޓީ މާފު ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ. މިބިލަށް އަމަލު ކުރުމަށް ނިންމާފައި ވަނީ ރައީސް ތަސްދީގު ކުރައްވާ ދުވަހުން ފެށިގެންނެވެ.

މިއަދު އޮންލައިން