ނުގަވާއިދުން ފްލެޓް ދިން މައްސަލަ ބަލަން ހާއްސަ ކޮމިޓީއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ނުގަވާއިދުން ފްލެޓް ދިން މައްސަލަ ބަލަން ހާއްސަ ކޮމިޓީއެއް!

ކުރީގެ ރައީސް އަބްދު ﷲ ޔާމިންގެ ސަރުކާރުން ނުގަވާއިދުން ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ހާއްސަށް ކޮމިޓީއެއް އެކުލަވާލައިފިއެވެ.

 

ޖުމުލަ ފަސް މެމްބަރުންގެ މިކޮމިޓީގެ މަސްއޫލިއްޔަތަކީ ވޭތުވެ ދިޔަ ފަސް އަހަރު، ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި "ހިޔާ މަޝްރޫއު" ގެ ދަށުން ފްލެޓް ލިބިފައިވަނީ ހައްގުވެރިންނައްތޯ ބެލުމާ އެކު "ގުޅިފަޅު ހައުސިންގް ޕްރޮޖެކްޓް" ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތްތަކަކާ މެދު ކެބިނެޓަށް ލަފާއެރުވުމެވެ.

 

ހަމައެހެންމެ، ފްލެޓް ދިންގޮތާ ގުޅިގެން ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތަށް ބަލައި ދިރަސާކުރުމަކީ ވެސް، ވަަޒީރުންގެ މަޖިލޫހުގެ ލަފާގެ މަތިން އެކުލަވާލި، މި ކޮމެޓީގެ މަސްއޫލިޔަތެއް ކަމަށް ރައީސް ޞާލިޙް ވަނީ ހަމަޖައްސަވާފައި އެވެ.

 

ލިޔުނީ: ޒިދާން މުޙައްމަދު

މިއަދު އޮންލައިން