ފަތުރުވެރިކަމުގެ މަސައްކަތުގައި ތިމާވެއްޓަށް ބަދަލު އަންނަ ނަމަ އެންވަޔަރަމަންޓުން ހުއްދަ ހޯދަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު އިސްލާހުކޮށްފިއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ހުށައެޅުއްވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 60 މެމްބުންގެ އަގުލަބިއްޔަތުންނެވެ.
ޓޫރިޒަމް ޤާނޫނަށް އަލަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ، ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ބިން، ނުވަތަ ފަޅުގައި އެތަނެއްގެ ތިމާވެއްޓަށް ބަދަލު އަންނަ ފަދަ މަސައްކަތެއް ކުރަންވާނީ، ތިމާވެއްތާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރާ ސަރުކާރުގެ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް އެ ލިއުން ހުށަހަޅައި އެ މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު ކަމަށެވެ. އަދި އެފަދަ ބަދަލެއް ގެނައުމަށް ޓޫރިޒަމުން ހުއްދަ ދޭންވާނީ އެންވަޔަރަމަންޓުން އެކަމަށް އެކަށައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
މިއީ ރައީސް ޞާލިޙްގެ ސަރުކާރުގައި ޓޫރިޒަމް ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހެވެ.
ލިޔުނީ: ޒިދާން މުޙައްމަދު