ޕީޕީއެމުން ކެމްޕޭނަށް ކުރި ދަތުރުތަކުގެ ފައިސާ ނުދައްކައިގެން ދައުވާ ކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
ޕީޕީއެމުން ކެމްޕޭނަށް ކުރި ދަތުރުތަކުގެ ފައިސާ ނުދައްކައިގެން ދައުވާ ކޮށްފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޕީޕީއެމުން މާލޭގައި ބޭއްވި ބޮޑު ޖަލްސާ އަށް ރަށްރަށުން މީހުން ގެނައުމަށްފަހު، މޯލްޑިވިއަން އަށް ފައިސާ ނުދެއްކި މައްސަލަ އެ ކުންފުނިން ކޯޓަށް ހުށަހަޅައިފި އެވެ.

 

ޕީޕީއެމުން އެ ޖަލްސާއަށް މީހުން ގެނައުމަށް މޯލްޑިވިއަން އާ އެކު ސޮއިކުރި ކްރެޑިޓް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން އެ 4.8 މިލިޔަން ރުފިޔާ ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އެޕާޓީން ވަނީ ދައްކާފައެވެ.

 

ނަމަވެސް ބާކީ އޮތް 3.8 މިލިއަން ރުފިޔާ އަދި ނުދައްކާތީ، އެފައިސާ ހޯދުމަށް މޯލްޑިވިއަން އިން ވަނީ ޕީޕީއެމް އާއި ދެކޮޅަށް މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ.

މިއަދު އޮންލައިން