މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިން އަށް، ހަތަރު އަހަރު ފަހުން އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވުމަށް ޖާގަ ލިބިއްޖެއެވެ.
ގިނަ ބައެއްގެ މެދުގައި ދީނީ ތަގުރީރު ދެއްވުމަށް މަޝްހޫރު ޝައިޚް އިލިޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެންމެފަހުން އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާފައި ވަނީ 2014 ވަނަ އަހަރު ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން އޭރުގެ ސަރުކާރާއި މެދު އުފެދުނު ހިޔާލު ތަފާތުވުން ތަކާއެކު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވަން އެމަނިކުފާނަށް ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
Maadhama islamee marukazugai imamamuve hukuru namadhu kuraan hamajehifavanee alhugandu
— Ilyas Hussain (@ilyaasipa) December 13, 2018
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމުމާއެކު ޝައިޚް އިލްޔާސް ގެންދަވަނީ އިސްލާމީ މަރުކަޒުގައާއި އެހެނިހެން ބައެއް މުހިއްމު ތަންތަނުގައި ދީނީ ދަރުސްވެސް ދެއްވަމުންނެވެ.