މަޖިލިސް އަލުން ފެށުމުންވެސް އުނގަދޫކުރަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މަޖިލިސް އަލުން ފެށުމުންވެސް އުނގަދޫކުރަން ފަށައިފި!

ޕީޕީއެމްގެ ބައެއް މެންބަރުން އަޑުގަދަކޮށް އުނދަގޫ ކުރުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނެގެންދެވިގެން މެދުކަނޑައިލުމަށްފަހު އަލުން ފެށުމުންވެސް އާޑުގަދަކޮށް އުނދަގޫކުރަމުން އެބަ ގެންދެއެވެ.

ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަން ދާއިރާގެ މެންބަރު ޙުސައިން ޢަރީފް ވިދާޅުވީ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ދެ ކޮމިޝަނުގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. ޙުސައިން ޢަރީފް ވިދާޅުވީ ދިރިތިބި ބޮޑެތި އިންސާނުން ހުދުކާފޫރު ފަދައިން ވަޔަށް އަރައިގެން ގޮސް ގެއްލުން ފަދަ ކަންކަމާއި އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކު ދައުލަތުގެ ތިޖޫރީގައި ހުންނަ ފައިސާކޮޅު ގެއްލި ހުސްވުން ފަދަ ކަންކަމަކީ ނުބަލައި ދޫކޮށްލެވިގެންވާނެ ކަންކަން ނޫން ކަމަށެވެ.

ދެ ކޮމިޝަން އުފެއްދުމުގެ ބިލަށް ވޯޓަށް އެހުން 3.30 ގައި އޮންނާނެކަން އިއުލާނުކުރުމަށްފަހު މިހާރު ވަނީ ޖަލްސާ މިވަގުތަށް މެދުކަނޑާލައިފައެވެ.

މިއަދު އޮންލައިން