ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި 2 ކޮމިޝަނުގެ ބިލް ފާސް ނުކުރެވި މިއަހަރުގެ 3 ވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.
ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން ވިދާޅުވީ ދެ ފަހަރު މަތިން ރިޔާސަތުން މަސައްކަތް ކުރެއްވުމުން ވެސް ވޯޓަށް އަހަން ބޭނުންވާ ޤާނޫނީ އަދަދު ހަމަ ނުވިކަމަށާއި ރައްޔިތުން އެއިގެ މައްޗަށް އަމަލުކުރަންޖެހޭ ކަމެއް ފާސްކުރުމަށް ވޯޓަށް އެހޭނީ މަޖިލީހުގެ 43 މެންބަރުން ހަމައަށް މަޖިލީހުގައި ތިބެގެން ކަމަށެވެ.
މިއަދު ވޯޓަށް އަހަން ހަމަޖެހިފައިވާ ބިލްތަކުގެ ތެރޭގައި ޕެޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމުގެ ބިލާއި ބާރ އެސޯސިއެޝަނުގެ ބިލްވެސް ހިމެނެއެވެ.
އެހެންކަމުން މަޖިލީހުގައި ކުރަން ހުރި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދެވޭނީ މަޖިލިސް ޗުއްޓީއަށްފަހު އަލުން ހުޅުވުމުން ކަމަށްވެސް ރިޔާސަތުން ވަނީ އިއުލާނު ކުރައްވައިފައެވެ.