އިންޓޯލަށް މަންމަ ދިން ތޭރަ ދިރުހަމް "ފަޤީރަކަށް" ދިން ދަރިވަރަކަށް ބަދަލުގައި އެތައް މިލިއަން ދިރުހަމް ލިބުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
އިންޓޯލަށް މަންމަ ދިން ތޭރަ ދިރުހަމް "ފަޤީރަކަށް" ދިން ދަރިވަރަކަށް ބަދަލުގައި އެތައް މިލިއަން ދިރުހަމް ލިބުނު!

އަޒްމީލް އަކީ ސްކޫލްގެ ގްރޭޑް 5 ގައި ކިޔަވާ ދަރިވަރެކެވެ. އެކަނިވެރި މައަކު ބަލަހައްޓަމުން ގެންދާ ވަރަށް ފަޤީރު ކުއްޖެކެވެ. ކޮންމެ ދުވަހެއްގެ އިންޓޯލަށް އަޒްމީލުގެ މަންމައަށް ދޭން ލިބެނީ ވެސް އެންމެ 3 ދިރުހަމެވެ.

 

އެއްދުވަހަކު އަޒްމީލް ސްކޫލަށް ދިއަ މަގުމަތީގައި ވަރަށް ހާލުގައި ހުރި ފަޤީރަކާއި ބައްދަލުވިއެވެ. ލައިގެން ހުރީވެސް ވީދިފައިހުރި ފޭރާމެވެ. ހުރި ގޮތުން ހީވަނީ ނުކައި ހުންނަތާ 2،3 ދުވަސް ވެއްޖެހެންނެވެ. އަޒްމީލްގެ ކިބައިން އޭނާ އެދުނީ އަތުގައި އޮތްނަމަ ދިރުހަމެއް ނަމަވެސް އޭނާއަށް ދިނުމަށެވެ.

 

އަޒްމީލް އެކަމަށް އެއްވެސް ވަރަކަށް ފަހެއް ނުޖެހެއެވެ. ދިނީ އެންމެ ދިރުހަމެއް ނޫނެވެ. އެމަހު އޭނާއަށް މަންމަ އިޓޯލަށް ދިން ފައިސާއިން އެއްކޮށްފައި އޮތް 10 ދިރުހަމާއި އެދުވަހު މަންމަ ދިން 3 ދިރުހަމާއިއެކު އެއިރު އޭނާގެ އަތުގައި ހުރި ހުރިހާ ދިރުހަމެކެވެ.

 

ދަބަސް ހާވައިގެން ލާރިކޮޅު ހޯދުމުން އެމީހާ ސުވާލު ކުރިއެވެ. "ކޮއްކޮ ތިއަ ދެނީ އަތުގައި ހުރި ހުރިހާ ފައިސާއެއް ނޫން ހެއްޔެވެ؟ މިއަދުގެ އިންޓޯލު ހަމަޖައްސާނީ ކިހިނަކުން ހެއްޔެވެ؟" ޖަވާބުގައި އަޒްމީލް ބުނީ ﷲ ތަޢާލާ އޭނާއަށް އިންޓޯލު ދެއްވަވާނެ ކަމަށެވެ. އެމީހާ ދިއައީ އަޒްމީލުގެ ނަމާއި އެޑްރެސް ކަރުދާސްކޮޅެއްގައި ނޯޓުކޮށްގެންނެވެ.

 

އެއިގެ ފަހުން 3 ވަނައަށް އައި ރޭ ޢިޝާ ނަމާދަށްފަހު ޤްރްއާން ކިޔަވަން މަންމަ އާއިއެކު އިންދައި މީހަކު ގޭގެ ދޮރުމަތީގައި ހުއްޓިފައި ސަލާމް ގޮވުމުން މަންމަ ސަލާމްބަލައިގަތުމުން އެމީހާ ގެއަށް ވަނެވެ.

 

އަޒްމީލް ފެނުމުން އަިސް ބައްދައިލިއެވެ. އަދި އޭނާއަކީ ކާކުކަން އެނގިއްޖެތޯ ސުވާލުކުރިއެވެ. އަޒްމީލަށް ޖަވާބު ނުދެވި ލަސްވުމުން އެމީހާ ބުނެދިނެވެ. "މީގެ 3 ދުވަސްކުރިން ސްކޫލަށް ދަނިކޮށް މީހަކު ބައްދަލުކޮށް ކޮއްކޮގެ ކިބައިން ދިރުހަމަކަށް އެދުނުކަން ހަނދާން އެބަހުރި ހެއްޔެވެ؟ އެމީހާއަށް ކޮއްކޮގެ އަތުގައި ހުރި ހުރިހާ ދިރުހަމެއް އެކުގައި ދިނީމު ނޫން ހެއްޔެވެ؟ މިއީ އެދުވަހު ސަލާން ޖެހި މީހާއެވެ!"

 

އަޒްމީލަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އޭނާ ލައިގެން ހުރި ހެދުމުގެ އަގުބޮޑުކަމުންނެވެ. ގެއަށް އަި ކާރު ދޮރުން ފެންނަން އޮތުމުން އެ ކާރުގެ އަގު ވެސް ހިތަށް ގެނެވެތީއެވެ.

 

އެމީހާ ސުވާލު ކުރިއެވެ. "އެދުވަހު އިންޓޯލު ހަމަޖެއްސީ ކިހިނަކުން ހެއްޔެވެ؟" ޖަވާބުގައި އަޒްމީލް ބުނީ އިންޓޯލު ނުލިބޭ ކަމަށެވެ. ނަމަވެސް އެދުވަހު ބަނޑުހައިކަން އިޙްޞާޞް ނުކުރެވޭ ކަމަށެވެ. ސްކޫލުން އެނބުރި ގެއަށް އައިއިރުވެސް ބަނޑުހައި ނުވާ ކަމަށެވެ.

 

"އެހެންވީމާ ކޮއްކޮގެ ދީލަތިކަމަށް ﷲ ތަޢަލާ އެވަނީ ވަގުތުން ބަދަލު ދެއްވަވާފައި. ޢާޚިރަތް ދުވަހު ދެއްވަވާނެ ބަދަލު މާ ފުރިހަމަވާނެ. ބޭބެ މިއައީ ވެސް ކޮއްކޮއަށް ކުޑަ ހަދިޔާއެއް ހިފައިގެން." ކަމަށް ބުނުމަށްފަހު އަޒްމީލުގެ އަތަށް ދިއްކޮށްލީ ޗެކެކެވެ. 13 މިލިއަން ދިރުހަމުގެ ޗެކެކެވެ.

 

ފައިސާގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަޒްމީލަށާއި އަޒްމީލުގެ މަންމައަށް ވަސިއްޔަތް ކުރުމަށްފަހު އެމީހާ ދިއައީ އެއްވެސް އިތުރު އެހީއަކަށް ބޭނުން ވެއްޖެނަމަ ބައްދަލުކުރުމަށް ބުނެ އެޑްރެސް ކާޑުވެސް ދީފައެވެ.

 

މީސްތަކުންނޭވެ! ﷲ ތަޢަލާގެ މަގުގައި ކުރާ ކޮންމެ ހޭދައަކަށް މިދުނިޔޭގައި މިފަދަ ބަދަލެއް ނުލިބިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެއެވެ.

 

 

މިއަދު އޮންލައިން