އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ 6 ޙައްޤު އެނގެނީ އަދި 6 ހައްޤު އަދާކުރަނީ ވެސް ވަރަށް މަދު މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ 6 ޙައްޤު އެނގެނީ އަދި 6 ހައްޤު އަދާކުރަނީ ވެސް ވަރަށް މަދު މީހެއް!

ކައުއިތުރު ރަސޫލާ މުޙައްމަދު ޞާވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް 6 އެކެވެ." އެ ކަންކަމަކީ ކޮބައިތޯ ޞަޙާބީން ސުވާލުކުރެއްވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.

"އެއީ ތިމާގެ މުސްލިމް އަޚާ އާއި ބަދަލުވެއްޖެނަމަ ސަލާމްކުރުމާއި މުސްލިމް އަޚަކު ދަޢުވަތެއް ދިފިނަމަ އެ ދަޢްވަތު ޤަބޫލުކުރުމާއި ތިބާގެ މުސްލިމް އަޚަކު ތިބާގެ ފަރާތުން ނަޞޭޙަތަކަށް އެދިއްޖެނަމަ އޭނާއަށް ނަޞޭޙަތް ދިނުމާއި ތިމާގެ އަޚަކު ކިނބިހި އަޅާފަ އަލްހަމްދުލިﷲ ކިޔައިފިނަމަ ޔަރްޙަމްކަﷲ ކިޔައި ޖަވާބު ދިނުމާއި ތިމާގެ މުސްލިމް އަކަކު ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތް ކުރުމާއި ތިމާގެ މުސްލިމް އަޚަކު މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ.

" ބައެއް ދީންތަކުގައި އަޅުކަން ކުރެވެނީ ފައްޅީގައި ނުވަތަ އެނޫންވެސް އަޅުކަން ކުރުމަށް ޚާއްޞަ ތަންތަނުގައެވެ. ނަމަވެސް އިސްލާމް ދީނުގައި އަޅުކަން ކުރެވެނީ މިސްކިތުގައި އެކަންޏެއް ނޫނެވެ. މިސްކިތުގެ އިތުރުން މަގުމަތީގައާއި ގެދޮރުގައާއި އެނޫންވެސް އެމީހަކު ހުރި ކޮންމެ ތަނެއްގައި ހުރެގެން ކުރާ ހެޔޮ އަމަލުތައްވެސް ހިމެނިގެންދާނީ އަޅުކަމުގެ ތެރެއިންނެވެ.

 

--ޝައިޚް އަހްމްދު ނާޒިހްގެ ދަރުސަކުން

މިއަދު އޮންލައިން