ސަލާމްކުރުން ގިނަކޮށް ސަލާމްކުރުން ފެތުރުމަކީ ވެސް ސުވަރުގެ ވަދެވޭނެ ސަބަބެއް: ޝައިޚް އަހްމަދު ނާޒިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ސަލާމްކުރުން ގިނަކޮށް ސަލާމްކުރުން ފެތުރުމަކީ ވެސް ސުވަރުގެ ވަދެވޭނެ ސަބަބެއް: ޝައިޚް އަހްމަދު ނާޒިޙް

އެކަކު އަނެކަކާއި ބައްދަލުވުމުން ކާފަރުންވެސް އެމީހުންގެ ސަލާމުން ސަލާމް ކުރެއެވެ. އަދި އެކަން އެމީހުންވެސް ބަލައިގެންފައިވަނީ ރިވެތި އަޚްލާޤްގެ ތެރެއިންނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާން ކުރައްވަވާފައި ވަނީ އެކަކު އަނެކަކާއި ބައްދަލުވާހިނދު ސަލާމް ކުރުމަކީ މީސްތަކުންގެ މެދުގައި ލޯބި އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

އަދި ސަލާމް ކުރުން އިތުރުކޮށް ސަލާމް ފެތުރުމްށެވެ. މީސްތަކުންގެ މެދުގައި ލޯބި އިތުރުވުމަކީ އީމާންކަން ފުރިހަމަވުމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މީސްތަކުންގެ މެދުގައި ލޯބި އިތުރުވުމަކީ އީމާންކަން ފުރިހަމަވެ ސުވަރުގެ ވަދެވޭނެ ސަބަބެކެވެ. "އައްސަލާމް ޢަލައިކުމް" ކިޔައި މުޚާޠަބުކުރުން އެއް މުސްލިމަކު އަނެއް މުސްލިމަކަށެވެ. މުސްލިމުން ނޫން މީހަކަށް އެ ބަސްތައް ބޭނުންކުރުމެއް ނެތެވެ.

މުސްލިމަކު ނޫން މީހަކު "އައްސަލާމް ޢަލައިކުމް" ކިޔައި މުޚާޠަބުކުރި ނަމަވެސް "ވަޢަލައިކުމއްސަލާމް" ކިޔައި ޖަވާބު ދިނުމެއް ނެތެވެ. ބުނަން ޖެހޭނީ "ވަޢަލައިކުމް" އެވެ. މުސްލިމުންގެ މެދުގައި އޮންނަ ބަދަހިގުޅުމަށް އެހެން ދީންތަކުގެ މީހުން އަބަދުވެސް ޢަދާވާތްތެރިވެއެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ބައިބައިވެ ނުގަނެ ﷲ ތަޢާލާގެ ވާފަށުގައި ހިފަހައްޓައި އުކުއްވަތްތެރިކަން ދެމެހެއްޓުމަށެވެ.

އެކަން ކުރެވޭނީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރުމަށް ﷲ ތަޢަލާ އަންގަވާފައިވާ ކަންކަން ކުރުމުންނެވެ. އަޅުގަނޑުމެންގެ މެދުގައި އޮންނަން ޖެހޭ ދީނީ ލޯބި ވަރުގަދަކުރުމުންނެވެ. މިސަބަބުތަކަށްޓަކައި ސަލާމް ކުރުން ގިނަކުރަންޖެހެއެވެ. ﷲ ތަޢަލާ ވަޙީ ކުރައްވަވާފައިވަނީ ސަލާމްކޮށްފިނަމަ އެ ސަލާމަށް ޖަވާބުދިނުމަށާއި އެމީހާއަށްވުރެ ފުރިހަމައަށް ޖަވާބު ދިނުމަށެވެ.

--ޝައިޚް އަހްމަދު ނާޒިޙްގެ ދަރުސަކުން

ހިލޭ ފިރިހެނުންނާއި އަންހެނުން އަތާއިއަތް ޖޯޑުކޮށް ސަލާމް ކުރުމަކީ އިސްލާމް ދީނުގައި ކުރަން އޮތް ކަމެއް ނޫނެވެ. އޮތީ ބައްދަލުވުމުން "އައްސަލާމް ޢަލައިކުމް" ކިޔައި ސަލާމް ކުރުމެވެ.

މިއަދު އޮންލައިން