ﷲގެ ޙުކުމް ތަންފީޒު ނުކުރުމަށް ޢަދްލް އިންޞާފު ބަހަނާއަކަށް ހެދުން ރަނގަޅު ނޫން ކަމަށާއި ނަމަވެސް މަރުގެ އަދަބު ދިނުން ހުއްޓުވުމާއި ދެކޮޅަށް ސަރުކާރުން ވޯޓު ދެއްވުމަކީ ރަނގަޅުކަމެއް ކަމަށް ފެންނާތީ އެކަމަށް ޝުކުރު ދަންނަވާ ކަމަށް ފަޟީލަތުއްޝައިކް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ﷲގެ ޙުކުމް ތަންފީޒު ނުކުރުމަށް ޢަދްލް އިންޞާފު ބަހަނާއަކަށް ހެދުން ރަނގަޅު ނޫން ކަމަށް ޝައިޚް ޢަލީ ޒާހިރު ވިދާޅުވެފައި އެވަނީ ޤިޞާޞް ހިފުމުގެ މައްސަލަތައް ތަންފީޒުކުރުމަށްޓަކައި ރާއްޖޭގެ ފަނޑިޔާރުގެތަކުން ކުރެވޭ ޙުކުމްތަކުގެ ޢަދުލުވެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށް ބުނެ ބަހަނާ ދައްކަމުން ގެންދާތީ ކަމަށް ޤަބޫލުކުރެވެއެވެ.
ދީނީ ޢިލްމްވެރިން ވިދާޅުވަމުން ގެންދަވަނީ ފަނޑިޔާރުގެ ތަކުގައި މައްސަލައެއް ހުރި ނަމަ އެކަން ރަނގަޅުކުރުމަކީ ދައުލަތުގެ ފުރުތަމަ ޒިންމާ ކަމަށް ހަދައި އެކަންކަން ރަނގަޅު ކުރަންޖެހޭނެ ކަމަށެވެ. އަދި ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޒު ނުކުރުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެ ކަމަށެވެ.