ތިބާއަކީ މުޅި ދުވަހު ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގެންވާ މީހަކަށް ވާން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތިބާއަކީ މުޅި ދުވަހު ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގެންވާ މީހަކަށް ވާން ބޭނުންހެއްޔެވެ؟

މީހަކަށް ﷲ ތައާލާގެ ރައްކައުތެރިކަން ލިބިއްޖެ ނަމަ ދެން އިތުރަށް ބޭނުންވާނީ ކޮން ރައްކައުތެރިކަމެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިފައިވާ މީހާއަށް އެއްވެސް ގެއްލުމެއް ދެވޭނީ ކާކަށް ހެއްޔެވެ؟ އެކަން ކުރެވޭނެ މިހަކު މިދުނިޔޭގައި ހުންނާނެ ހެއްޔެވެ؟

 

ތިބާޢަކީވެސް މުޅި ދުވަހު ﷲ ތަޢަލާގެ ރައްކައުތެރިކަމުގައި ހުރެވިދާނެ މީހެކެވެ. އެއީ ޢާންމުކޮށް އެންމެންނަށް ﷲ ތަޢާލާ ހުޅުއްވަވައިލައްވަވާ ފުރުޞަތެކެވެ. ކޮށްލަން ޖެހޭ ހަމައެކަނި ކަމަކީ ޖަމާޢަތުގައި ފަތިސް ނަމާދުކޮށްލުމެވެ. ޖަމާއަތުގައި ފަތިސް ނަމާދު ކުރީމާ މުޅި ދުވަހު އެމީހާ ހުންނާނީ ﷲ ތަޢާލާގެ ބެލެހެއްޓެވުމުގެ ދަށުގައެވެ. ﷲ ތަޢާލާގެ ބެލެނިވެރިކަމުގެ ދަށުގައެވެ. އެހެންކަމަށްވާއިރު އެމީހާއަށް އިތުރު އެއްވެސް މީހެއްގެ ބެލެނިވެރިކަން ބޭނުމެއް ނުވާނެއެވެ. 

 

މީސަތަކުންނޭވެ! އަހަރެމެންނަށް ބޭނުންވާ ރައްކައުތެރިކަމާއި ހިމާޔަތް މިހާ ފަސޭހައިން ލިބެން އޮތް އިރުވެސް އެކަމަށް އަހަރެމެން މިވަނީ ޣާފިލުވެފައެވެ. ﷲ ތަޢަލާގެ ރައްކައުތެރިކަން ދޫކޮށް އަހަރެމެން ރައްކައުތެރިކަން ހޯދަން މި މަސައްކަތް ކުރަނީ ﷲ ތަޢާލާ އުފެއްދެވި ހަމަ ތިބާ ފަދަ އިންސާނުންގެ ކިބައިންނެވެ. ބޮޑީ ގާޑުންނާއި ހަތިޔާރުގެ ބޭނުންކޮށްގެންނެވެ!

 

ނިކަން ބުނެ ބަލާށެވެ! މިއީ ކޮން ގޮތަކުން ދެކޮޅު ޖެހޭ ކަމެއް ހެއްޔެވެ؟ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން