ކިތަންމެ ގާތް ނަމަވެސް ހުރިހާ ކަމެއް ކިޔައިދޭނަމަ ތިބާ ހައިޖެކް ކުރެވޭނެ ދުވަހެއް އަތުވެދާނެ ކަމަށް ބިރުގަންނަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކިތަންމެ ގާތް ނަމަވެސް ހުރިހާ ކަމެއް ކިޔައިދޭނަމަ ތިބާ ހައިޖެކް ކުރެވޭނެ ދުވަހެއް އަތުވެދާނެ ކަމަށް ބިރުގަންނަންވާނެ!

އަހަރެމެން ކޮންމެ މީހެއްގެ ވެސް ރަޙްމަތްތެރިން ތިބެއެވެ. ބައެއް ރަޙްމަތްތެރިންނަކީ އެންމެ ކުޑައިރުންސުރެ ރަޙްމަތްތެރިންނެވެ. އެފަދަ މީހުންނާއި އޮންނަ ގާތްކަން ވަރަށް އިތުވެސްވެއެވެ. ނަމަވެސް މާ ފަހުން ލިބޭ ރަޙްމަތްތެރިޔާއަކީ މާރަނގަޅު ރަޙްމަތްތެރިއަކަށްވެސް ވެދާނެއެވެ.

 

ކޮންމެއަކަސް ކިތަންމެ ގާތް ރަޙްމަތްތެރިއަކަށް ނަމަވެސް ތިބާގެ ހުރިހާ ކަމެއް ހިއްޞާ ނުކުރާށެވެ. އެހެނީ ކަމެއް ދިމާވެގެން ދެމީހުންގެ ގުޅުމަށް މައްސަލައެއް ކުރިމަތިވާ ހާލަތެއް އަތުވެއްޖެ ނަމަ ތިބާގެ ހުރިހާ ކަމެއް އެނގޭ ނަމަ ތިބާ ބްލެކްމޭލް ކުރެވި އަޅުވެތި ކުރެވިދާނެ ކަމަށްޓަކައެވެ.

 

މިކަމަށް ބާރު ލިބާ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅެއްވެސް އެބައޮތެވެ. އެއީ "މީހަކު ދެކެ ލޯބިވީނަމަވެސް މެދުމިނަށް ލޯބިވުމަށާއި އަދި މީހަކު ދެކެ ރުޅި އައި ނަމަވެސް އަލުން ކުރިމްތި ނުލެވޭ ވަރަށް" ކަންކަން ނުކުރުމަށް އޮތް ނަޞޭޙަތުގެ ބަސްފުޅެވެ.

 

ކިތަންމެ ގާތް އެކުވެރިއަކާއިވެސް ވަކިވާން ޖެހިދާނެއެވެ. އެހެންކަމުން އަބަދުވެސް ހުންނަންވާނީ އެކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ތިބާގެ ހުރިހާ ކަމެއް އެމީހަކާއި ހިއްޞާކޮށްފައިވާނަމަ ވަކިވާން ޖެހޭ ދުވަހު މެދުވެރިވާނެ ގޮތާއިމެދު ވިސްނާށެވެ!

 

ހަމައެފަދައިން ކޮންމެ ވެސް ސަބަބަކާއިހުރެ ދުރުވާން ޖެހުނު ރަޙްމަތްތެރިޔާ އާއިމެދު ވަރަށް ގޯސްކޮށް ކަންކަން ކުރެވިފައިވާނަމަ އަލުން ކުރިމަތިލައި ގުޅުން ބަދަހިކުރަން ޖެހޭ ޙާލަތުގައި ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެއެވެ. ލަދުންވެސް ހަލާކުވާނެއެވެ. މޫނުވެސް ދިމާ ނުކުރެވޭނެއެވެ.

 

ވީމާ މިކަންކަމަށް އެންމެންވެސް ވަރަށް ބޮޑަށް ވިސްނަން ވާނެއެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން