މަޖިލީހުގެ ޖަލްސާއެއް ޖަނަވަރީ މަހު ބާއްވަން މަސައްކަތް ކުރަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މަޖިލީހުގެ ޖަލްސާއެއް ޖަނަވަރީ މަހު ބާއްވަން މަސައްކަތް ކުރަން ނިންމައިފި

މަޖިލީހުގެ 3 ވަނަ ދައުރަށްފަހު ޗުއްޓީއަށް ދިއައިރު ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މުހިންމު ބިލްތަކެއް ފާސް ނުކުރެވި ހުރުމުން ޖަނަވަރީ މަސް ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަން ކޯލިޝަނުގެ 4 ލީޑަރުން ނިންމަވައިފިއެވެ.

 

ކޯލިޝަނުގެ ލީޑަރުންނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެން މިއަދު ހަވީރު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ 2 ކޮމިޝަނުގެ ބިލް ފާސްނުކުރެވި މަޖިލިސް ޗުއްޓީއަށް ދާންޖެހުމުން ކޮމިޝަނުގެ މަސައްކަތްތަކަށް ލަސްވުމެއް އަންނާނެތީ އަންނަ ޖަނަވަރީ މަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމާއިބެހޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގައި ކޯލިޝަނުން ވާދަކުރުމާއިބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

 

         

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަދު ވަކި ގޮތަކަށް ނުނިންމުނު ނަމަވެސް ލަސްތަކެއް ނުވެ ގޮތްތަކެއް ނިންމޭނެ ކަމަށާއި ނިންމޭނީ ހުރިހާ ފަރާތްތަކަށްވެސް އެންމެފައިދާގހުރި ގޮތަށް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

 

ރައީސް މައުމޫން ވިދާޅުވީ ކޯލިޝަނުގެ ގުޅުން ބަދަހިކަމާއިއެކު ކުރިއަށް ގެންދިއުމަށް 4 ލީޑަރުން މިއަދުވެސް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

 

މިއަދުގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައުލޫމާތު 4 ލީޑަރުންނަށް އަރުވައިފައެވެ. އަދި ޤިޞާޞް ހިފުމުގެ މައްސަލައިގައި އދގައި ނެގި ވޯޓުގައި ރާއްޖެއިން ޢަމަލުކުރި ގޮތުގެ މައުލޫމާތުވެސް ވަނީ ދެއްވައިފައެވެ.

 

މިއަދު އޮންލައިން