ޤިޞާޞް ހިފުމަކީ އިލާހީ ޝަރީޢަތުގައި އިންސާނުންނަށް އަންގަވާފައިވާ ބަދަލު ހިފުމުގެ އެންމެ ފުރިހަމަ ގޮތެވެ. ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ދައްކަމުން އަންނަ ޢަމަލީ ކަންކަމެވެ. އެންމެފުރަތަމަ އިޤްތިޞާދީ އެންމެ ބާރުގަދަ އެމެރިކާއެވެ. ދެން ހަމައެފަދަ އަނެއް ބާރުކަމުގައިވާ ޗައިނާގައެވެ. އަދި ސިންގަޕޫރެވެ. 1976 އިން މިއަދާއި ހަމައަށް ކޯޓުތަކުގެ އަމުރަށް ލީދަލް އިންޖެކްޝަން ޖަހާ މަރާލި ޢަދަދު ޓެކްސަސްގައި އެކަނިވެސް 563 އަކަށް އަރައެވެ.
އެއީ އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ ކޮންމެ ބަޔަކަށް އޮތް އެންމެފުރިހަމަ ޤާނޫނެވެ. ސަމާވީ ދީންތަކުގައި ބާވައިލައްވާ ފައިވާ ގޮތެވެ. އެހެންވެ މާތް ﷲ ވަޙީކުރައްވަނީ: يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنْثَى بِالْأُنْثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِنْ رَبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ (178) وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ البقرة: ١٧٨ - ١٧٩ މާނައީ: " އޭ އީމާންވީ މީހުންނޭވެ! ޤަތުލުކުރެވޭ މީހުންނާއިމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟް ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ އެމީހާ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއްމަނާކުރެވުނުމީހާ (ދަންނާށެވެ) ފަހެ އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް އެދޭހުއްޓެވެ. އަދި އިޙްސާންތެރިކަމާއެކު މަޢާފުކުރި ފަރާތަށް އެދިޔަ އަދާކުރާހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވިލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު ދެކޮޅުވެރިވެ އަދާވާތްތެރިވި މީހާ (ދަންނާށެވެ) ފަހެ އެމީހާއަށް ވޭންދެނިވި ޢަޒާބު ހުއްޓެވެ. އަދި ޤިޞާޞްހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރީންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ."
އަދިވެސް ވަޙީކުރެއްވިއެވެ. وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنْفَ بِالْأَنْفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ فَمَنْ تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَهُ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الظَّالِمُونَ" )މާއިދާ ސޫރަތުގެ 45 ވަނަ އާޔަތް) މާނައަކީ: "އެތައުރާތުގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ޤިޞާޞްގެ އުޞޫލްތައް ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން ނަފްސަކަށް ނަފްސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަޚަމަކީ ޤިޞާޞް ހިފަންޖެހޭނެ ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ ކައްފާރާއެކެވެ. އަދި اللَّه ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ".
عَنْ أَنَسٍ، أَنَّ أُخْتَ الرُّبَيِّعِ أُمَّ حَارِثَةَ، جَرَحَتْ إِنْسَانًا فَاخْتَصَمُوا إِلَى النَّبِيِّ صلى الله عليه وسلم فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " الْقِصَاصَ الْقِصَاصَ " . فَقَالَتْ أُمُّ الرَّبِيعِ يَا رَسُولَ اللَّهِ أَيُقْتَصُّ مِنْ فُلاَنَةَ وَاللَّهِ لاَ يُقْتَصُّ مِنْهَا . فَقَالَ النَّبِيُّ صلى الله عليه وسلم " سُبْحَانَ اللَّهِ يَا أُمَّ الرَّبِيعِ الْقِصَاصُ كِتَابُ اللَّهِ " . قَالَتْ لاَ وَاللَّهِ لاَ يُقْتَصُّ مِنْهَا أَبَدًا . قَالَ فَمَا زَالَتْ حَتَّى قَبِلُوا الدِّيَةَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " إِنَّ مِنْ عِبَادِ اللَّهِ مَنْ لَوْ أَقْسَمَ عَلَى اللَّهِ لأَبَرَّهُ " އަނަސްބުނު މާލިކުގެ އަރިހުން ރިވާވެފައި ވެއެވެ. ވިދާޅުވިއެވެ. ހަމަކަށަވަރުން الرُّبَيِّع ގެ އުޚުތު ކަމުގައިވާ أُمَّ حَارِثَةَ މީހަކު ޒަޚަމު ކޮށްލިއެވެ. ދެން އެމީހުން ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުންގެ އަރިހަށް އައިސް މައްސަލަ ހުށަހެޅިއެވެ. އެހިނދު ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. ޤިޞާޞްހިފޭ ހުއްޓެވެ. ޤިޞާޞްހިފޭ ހުއްޓެވެ. އެހިނދު أُمُّ الرَّبِيعِ ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެ އަންހެނާގެ ކިބައިން ޤިޞާޞް ހިފޭނެ ތޯއެވެ؟ މާތް ﷲ ގަންދީ ދަންނަވަމެވެ. އެކަނބުލޭގެ ކިބައަކުން ޤިޞާޞެއް ނުހިފޭ ހުއްޓެވެ. އެހިނދު ސަލާމާއި ޞަލަވާތް ލެއްވި އިތުރުއެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ގެ ހުސްޠާހިރު ވަންތަ ކަމާއެވެ! އެ އުއްމުއްރަބީއު އެވެ! މާތް ﷲ ގެ ފޮތުގައިވަނީ ޤިޞާޞްހިފުމަށެވެ. ދެން ވެސް އެކަމަނާ ދެންނެވިއެވެ. މާތް ﷲ ގަންދީ ދަންނަވަމެވެ. އެކަނބުލޭގެ ކިބައަކުން އެއްގޮތަކަށްވެސް ޤިޞާޞެއް ނުހިފޭ ހުއްޓެވެ. ދެން އެކަނބުލޭގެ މިގޮތުގެ މަތީގައި ދެމި ހުރުމުން އެމީހުން ދިޔަ ޤަބޫލުކުރާގޮތަށް ރުހުނެވެ. އެހިނދު ސަލާމާއި ޞަލަވާތް ލެއްވި އިތުރުއެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން މާތް ﷲ ގެ އަޅު ތަކުންގެ ތެރޭގައި، އެކަލާނގެ ގަންދީ ހުވާކޮށްފިނަމަ އެކަލާނގެ އެފުރިހަމަ ކޮށްދެއްވާ އަޅުންވެސް ވެއެވެ. ޤިޞާޞް ހިފުމަކީ ޝަރީޢަތް ބާރުއަޅާ ކަމަކަށް ވީނަމަވެސް އުފެދޭ ސުވާލަކީ ދިވެހިރާއްޖޭގައި މިކަން ކުރެވިދާނެބާވައެވެ؟. މީގެ ޖަވާބު ދެން އަންނަ ޞަފްޙާތަކުން ހާމަވެގެންދާނެއެވެ. ( އަދި ނުނިމޭ)
ލިޔުއްވީ: ނަޞްރުﷲ މުޞްޠަފާ