ރީކޯ މޫސަ މިފަހަރު އަމިއްލަ ގޮތުން ގަމު ދާއިރާއަށް

ކިޔުމަށް ހޭދަވާނީ 1މ 20ސ
ރީކޯ މޫސަ މިފަހަރު އަމިއްލަ ގޮތުން ގަމު ދާއިރާއަށް

ޕީޕީއެމުން ނިމިދިޔަ ހަފްތާގައި ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އަމިއްލަ ގޮތުން ލ. ގަމު ދާއިރާ އަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

 

މޫސަ ވިދާޅުވީ ގަމު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވަން ނިންމެވީ އެންމެ ފުރަތަމަ އޭނާ މަޖިލީހަށް ހޮވިވަޑައިގަތީ ލ. އަތޮޅުގެ މެމްބަރެއްގެ ގޮތުގައިވުމުން ކަމަށާއި އޭރު ބޮޑު މަސައްކަތްތަކެއް ކުރެވިފައި އޮތީ ވެސް ގަމު ދާއިރާގައި ކަމަށް ވާތީ ކަމަށެވެ. އޭނާ އެންމެ ފުރަތަމަ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހޮވިފައިވަނީ ގަން ހިމެނޭ ލ. ހައްދުންމަތީ ދާއިރާއިން 2004 ވަނަ އަހަރުއެވެ.

 

މޫސަ ވިދާޅުވީ، ނިމި ދިޔަ ރިޔާސީ ދައުރުގައި ގަމު ދާއިރާ އިދިކޮޅު ޕާޓީގެ މެމްބަރަކަށް ނިސްބަތްވެފައި އޮތުމުން އެ ދާއިރާ އޮތީ ވަރަށް ބޮޑަށް ބާކީ ކުރެވިފައި ކަމަށާއި އަމާޒަކީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރައްވައި ސަރުކާރަށް އެބާރުލުން ދީ، އެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށެވެ.

 

"މިދިޔަ ފަސް އަހަރުތެރޭ ގަމު ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ފޮނަދޫ ދާއިރާ ތަރައްގީ ވާވަރަށް ގަމު ދައިރާ ތަރަައްގީ ނުވާ ވާހަކަ. މިދިޔަ ފަސް އަހަރުގައި ގަމު ދާއިރާގައި ހުރީ އިދިކޮޅު މެމްބަރެއް. މިފަހަރު ގަމު ދާއިރާއަށް ކުރިމަތިލާއިރު ސަރުކާރުން ވެސް ބޭނުންވާ ކަންތައް ކޮށްދީ ގަމު ދާއިރާ ތަރައްގީ ކުރެވޭނެ ގޮތަކަށް ވިސްނުން ހުރީ،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު  ވިދާޅުވި އެވެ.

މިއަދު އޮންލައިން