ޞާލިޙް އަޅުންގެ ފުރާނަ ހިއްޕެވުމުގެ ކުރިން އެއީ ކައްވަޅާއި ޤިޔާމަތް ދުވަހު ހިމާޔަތް ލިބިގެންވާ މީހެއްކަމުގެ އުފާވެރި ޚަބަރު ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޞާލިޙް އަޅުންގެ ފުރާނަ ހިއްޕެވުމުގެ ކުރިން އެއީ ކައްވަޅާއި ޤިޔާމަތް ދުވަހު ހިމާޔަތް ލިބިގެންވާ މީހެއްކަމުގެ އުފާވެރި ޚަބަރު ދެއްވަވާނެ!

ކިތަންމެ ޞާލިޙްކޮށް ދުނިޔޭގައި އުޅުނު މީހަކު ނަމަވެސް މަރުވުމުގެ ވަގުތުގައި މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގަތުމުން ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ތެޅިފޮޅިގަނެވޭނެއެވެ. އަދި ޢާއިލާގެ މީހުން އެތަނުގައި ތިބިތޯވެސް ބަލައިލެވޭނެއެވެ.

 

އެހިނދު މަލާއިކަތުން އޭނާއަށް ވިދާޅުވާނެތެވެ. ބިރުނުގަންނާށެވެ. ކަނބޮޑުނުވާށެވެ. ދަރިންނާ ޢާއިލާ ދޫކޮށް އެކަނި ދާންޖެހޭތީ ކަންބޮޑުނުވާށެވެ. ތިމަން މަލާއިކަތުން މިތިއްބެވީ ތިބާގެ ރައްކައުތެރިކަމުގައެވެ. މިވަގުތުން ފެށިގެން ތިބާގެ ކަންކަން ބަލަހައްޓަވާނީ ތިމަން މަލާއިކަތުންނީމުއެވެ.

 

ކޮންފަދަ އުފާވެރި ޚަބަރެއްތޯއެވެ؟ މިއަށްވުރެ އުފާވެރި ޚަބަރެއް އެއްވެސް މީހަކަށް ލިބޭނެހެއްޔެވެ؟ ނުލިބޭނެކަން ކަށަވަރެވެ. ނަމަވެސް ވިސްނާށެވެ. މިފަދަ ދަރަޖަ ލިބިގެންދާނީ އެ ދަރަޖަ ހޯދުމަށްޓަކައި ގަދަ އަޅައި ރެއާއި ދުވާލު މަސައްކަތް ކުރި މީހާއަށެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލެނބި މީހާޢަށެވެ. ކީރިތި ޤްރްއާނަށް އަމަލުކުރި މީހާއަށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތަށް ފުރިހަމައަށް އަމަލުކުރި މީހާއަށެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ހުރެވޭ މަދު ވަގުތުކޮޅުގައި ދިރިއުޅެން މަސައްކަތްވެސް ކުރަންޖެހޭނެއެވެ. އެއީވެސް އެކަން ކުރަންވީ ގޮތުގައި ކުރުމުން ސަވާބު ލިބޭނެ އަޅުކަމެކެވެ. ނަމަވެސް ވިސްނަންވީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމެވެ. ގަދައަޅައި މަސައްކަތް ކުރަންވީ މަރުގެ ވަގުތުގައި އުފާވެރިކަމުގެ ޚަބަރު ލިބޭނެ ޞާލިޙް އަޅެއްގެ ގޮތުގައި ނޫނީ މަރުނުވުމަށެވެ.

 

އެއީ އެއްދުވަހުން ޙާޞިލުކުރެވޭނެ މަޤްޞަދެއް ނޫނެވެ. އެކަމަށްޓަކައި ކުރިއާލައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެއެވެ. މާނައަކީ އެކަމަށްޓަކައި އެންމެ ޒުވާން އުމުރުން ފެށިގެން މަސައްކަތްކުރަން ޖެހޭނެ ކަމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން