ތިބާ މަރުވުމުން ތިބާގެ ފުރާނައިގައި ސުވަރުގޭގެ ހުވަނދުލެވި، ސުވަރުގޭގެ ފޭރާމުން ފޭރާން ލެވިގެން ﷲގެ ޙަޟްރަތަށް އުފުލެން ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިބާ މަރުވުމުން ތިބާގެ ފުރާނައިގައި ސުވަރުގޭގެ ހުވަނދުލެވި، ސުވަރުގޭގެ ފޭރާމުން ފޭރާން ލެވިގެން ﷲގެ ޙަޟްރަތަށް އުފުލެން ބޭނުން ހެއްޔެވެ؟

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ﷲ ތަޢަލާ އެންގެވި ގޮތުގައި ދުނިޔޭގައި ދުވަސްތައް ހޭދަކުރި މީހުންގެ ފުރާނަ ހަށިގަނޑުން ނުކުންނާނީ ފެން ޖަގަކުން ފެން އޮހޮރޭ ފަދަ މިސާލުގައި އެއްވެސް ދަތި އުނދަގޫކަމެއް ނެތިއެވެ. އަދި މަލާއިކަތާ އެ ފުރާނަ އާއި ހަވާލުވެވަޑަިގަންނަވާނީ ނުހަނު ފަރުވާތެރިކަމާއި އޯގާތެރިކަމާއިއެކުގައެވެ. ރަހްމާއި ކުލުނާއިއެކުގައެވެ.

 

ސުވަރުގޭގެ ހުވަނދުން އެފުރާނަ ހުވަނދުލެއްވޭ ހުއްޓެވެ. ސުވަރުގޭގެ ފޭރާމުން ފޭރާންލެވޭ ހުއްޓެވެ. އެއަށްފަހު އެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުމުން ވަޙި ކުރައްވަވާނެތެވެ. ތިމަން ﷲގެ ޞާލިޙް އަޅާގެ ނަން މާތް މީސްތަކުންގެ ދަފްތަރުގައި ލިޔާށެވެ.

 

އެއަށްފަހު ޝަހީދުންގެ ފުރާނަތައް ފިޔަވައި އެހެން ހުރިހާ ފުރާނަތައް ކައްވަޅުގައި އަރާމު ނިންޖަކުން ނިދުމަށް ކައްވަޅަށް ފޮނުއްވެވޭނެތެވެ.

 

ޞާލިޙުންނަށް މިފަދަ މަތިވެރި ނިޢްމަތްތައް ހުރިއިރު ﷲ ތަޢާލާއަށް ނުކިޔަމަންތެރިވި މީހުންނަށް ކަންކަން މެދުވެރިވާނީ ދިމާ އިދިކޮޅަށެވެ. އެފަދަ މީހުންގެ ފުރާނަ އެމީހާގެ ހަށިގަނޑުން ނުކުންނަން ބޭނުމެއް ނުވާނެއެވެ. ކުރިމަތިލާންޖެހޭނެ ގަދަފަދަ އަޒާބު އެނގޭތީއެވެ.

 

ނަމަވެސް މަލާއިކަތް ބޭކަލުންގެ ކުރިމަތީގައި ދެއްކޭނީ ކޮން ގަދަކަމެއް ހެއްޔެވެ؟ ގަދަކަމުން ދަމައި ނެރުއްވަވާނެއެވެ. އެހިސާބުން ފެށިގެންވެސް ދާނީ އަޒާބު ލިބިގެންނެވެ.

 

ދުނިޔޭގައި ނުބައިކޮށް އުޅުނު މީހުން ﷲ ތަޢާލާގެ ޙަފްރަތުގައި ތަފާތު ބަހަނާތައް ދައްކާނެއެވެ. ދުނިޔޭގައި އުޅެންޖެހުނު މާހައުލުގެ ވާހަކަ ދައްކާނެއެވެ. ކުށުން ބަރީޢަވުމަށް ތަފާތު ބަހަނާތައް ދައްކާނެއެވެ! ނަމަވެސް އެއިން އެއްވެސް ބަހަނާއެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ޖެހޭނީ ގަދަފަ އަޒާބާއި ކުރިމަތިލާށެވެ!

 

އެމީހުންނަށް ސުވަރުގެ ވަދެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެމީހުންނަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ވަނީ ބަންދުކުރެވިގެންނެވެ. ތިބާއަކީ އެފަދަ މީހަކު ކަމުގައި ވެއްޖެނަމަ ތިބާއަށްޓަކައި ސުވަރުގޭގެ ދޮރުކޮޅެއް ހުޅުވައި ދެވޭނީ ކާކަށް ހެއްޔެވެ؟ އެފަދަ ބާރެއް ލިބިގެންވާ އެއްވެސް މީހަކު ނުހުންނާނެއެވެ.

 

--ޔާސިރް ޤާދީގެ ދަރުސަކުން 

 

 

މިއަދު އޮންލައިން