އިސްލާމީ ރިވެތި އާދަކާދައާއި ބީރައްޓެހި ޣައިރު މުސްލިމުންގެ އާދަކާދަތަކަށް ޒުވާނުންގެ މެދުގައި ހިތްވަރު ނުދެއްވުމަށް ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކުގެ ވެރިންގެ ކިބައިން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އެދިވަޑައިގެންފިއެވެ.
"މިނޫން އެހެން ދުވަހެއް ވާކަން ހަނދާންކޮށް އިސްލާމީ ރިވެތި އާދަކާދަ އާއި ބީރައްޓެހި ޣައިރު މުސްލިމުންގެ އާދަކާދަތަކަށް ޒުވާނުންގެ މެދުގައި ހިތްވަރު ނުދެއްވުމަށް ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކުގެ ވެރިންގެ ކިބައިން ވަރަށް އަދަބުވެރިކަމާއެކު އެދެން."
ޣައިރު މުސްލިމުންގެ އާދަކާދަތަކާއި ޘަޤާފަތްތަކަށް ލޯބިޖެހޭފަދަ ކަންކަމަށް އަހުލުވެރި ކުރުވުމަށް ކުރެވޭ ކަންކަމަކީ އިސްލާމް ދީނާއި ދުރަށް ޖެއްސުވުމަށް ކުރެވޭ ކަންކަން ކަމުގައި ދީނީ ޢިލްމުވެރިން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.