ދީނުގެ މަގުން އެއްކިބާވާނަމަ ހެޔޮ ނަޞޭޙަތް ދިނުމަކީ އެމީހުން ދެކެ ލޯބިވާ މީހުން ކުރަންޖެހޭނެ ކަމެއް!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދީނުގެ މަގުން އެއްކިބާވާނަމަ ހެޔޮ ނަޞޭޙަތް ދިނުމަކީ އެމީހުން ދެކެ ލޯބިވާ މީހުން ކުރަންޖެހޭނެ ކަމެއް!: ޝައިޚް ޢަލީ ޒައިދު

"ބައެއް ފަހަރު ރަނގަޅީ އަނގައިން ނުބުނެ މަޑުން ހުރުމެވެ. ނަމަވެސް ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ކީރިތި ޤްރްއާނާއި އިސްލާމް ދީނުގެ އިންތަކުން ބޭރުވާނަމަ އެމީހުން ހަލާކުގެތެރެއަށް ވެއްޓި މަގުފުރެދުމުން ސަލާމަތްކުރުމަށްޓަކައި އެމީހުންނަށް ހައްޤު މަގު އަނގައިދީ ނަޞޭޙަތްތެރިވުމަކީ ޢިލްމުވެރިންނަށް ކުރަންޖެހޭނެ ކަމެކެވެ.

އަދި އެއީ ޢިލްމުވެރިންގެ ޒިންމާއެކެވެ. އެއީ އެމީހުން ދެކެ ލޯބިވާތީއެވެ. އެމީހުންނަށް ސަމާލުކަންދޭތީއެވެ. ދުނިޔޭގެ ދިރިއުޅުން ނިމުނު ނަމަވެސް އެއީ ޙަޔާތުގެ ނިމުމެއް ނޫނެވެ!

 

--ޝައިޚް ޢަލީ ޒައިދު ޝައިޚް

ޢަލީ ޒައިދުގެ މި ބަސްފުޅު އަމާޒުކުރައްވާފައި ވަނީ ކޮން ކަމަކަށްކަން ބަޔާން ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް ލަފާކުރެވެނީ ޒުވާނުންގެ މިނިސްޓރީން އިންތިޒާމުކޮށްގެން ހަފްތާ ބަނދުގައި މިޔުޒިކް ޝޯތައް ބާއްވަން ނިންމުމުން އެކަން ނުކުރުމަށް ބައެއް ދީނީ ޢިލްމުވެރިން އިލްތިމާސް ކުރައްވަމުން ގެނަދަވާތީ އެބޭފުޅުންގެ މަސައްކަތްޕުޅަށް ހިތްވަރު ދެއްވުމުގެ ގޮތުން ވިދާޅުވި ބަސްފުޅެއް ކަމަށެވެ.

 

މިއަދު އޮންލައިން