މިއީ ދަރިފުޅުގެ ހިތް އަލިކޮށްދޭ 3 ކަމެއް ބަޔާން ކުރައްވައި ޝައިޚް މުޖުތަބާ ޙަމީދު ލިޔުއްވަވާފައިވާ ލިޔުމެކެވެ. މިލިޔުމަށް ބަލާއިރު ޝައިޚް ފާހަގަ ކުރައްވާފައިވާ 3 ކަންތަކަށްވެސް ދިވެހިން މިއަދު މިވަނީ ވަރަށް ބޮޑަށް ބީރައްޓެހިވެފައެވެ.
ސަލަފް ޖަމިއްޔާއިން ހާމަކޮށްފައިވާ ޝައިޚުގެ ލިޔުއްވުމުގައި ހިތްއަލިކުއްޖަކަށް ދަރިފުޅު ހަދަންބޭނުންނަމަ ފުރަތަމަ ކުރަންޖެހޭ ކަމެއްގެ ގޮތުން ބަޔާންކުރައްވަވާފައިވަނީ އެކުއްޖާގެ ހަށިގަނޑުގައި ހިތްލެއްވެވި ޚާލިޤުވަންތަ އިލާހަށް (ﷲ ތަޢާލާއަށް) އުރެދެވޭ ކުދިބޮޑު އެންމެހައި ފާފަތަކުން އެކުއްޖާ ދުރުހެލިކުރުމެވެ.
ޝައިޚުގެ ލިޔުއްވުމުގައިވެއެވެ.
އެއްދުވަހަކު އިމާމު ޝާފިޢީ އެކަލޭގެފާނުގެ އުސްތާޛު އިމާމް އަލްވަކީޢުގެ އަރިހުގައި ހިތުދަސްކުރުމުގެ ބާރު ދަށްވާތީ ޝަކުވާދެންނެވިހިނދު، އުސްތާޛު ދެއްވި ޖަވާބު ޅެންބައިތަކުން ބަޔާންކޮށްދެއްވާފައިވެއެވެ. އިމާމު ޝާފިޢީ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ހިތުދަސްކުރުމުގެބާރު ދަށްކަމާމެދު ވަކީޢުއަށް ޝަކުވާކުރީމެވެ. އެހިނދު ކުށްފާފަތައް ދޫކޮށްލުމަށް އިރުޝާދު ދެއްވިއެވެ. އަދި ޚަބަރުކުރެއްވިއެވެ. ޢިލްމަކީ ނޫރެކެވެ. ފާފަތަކަށް އަރައިގަންނަ މީހަކަށް ﷲގެ ނޫރު ހާޞިލުކުރާނެ މަގެއް ނުދައްކަވާނެއެވެ."
އެހެންކަމުން ތިމާގެ ދަރިފުޅަކީ "ހިތްއަލި" ކުއްޖަކަށް ހަދަން ބޭނުންނަމަ "ފާފަތަކުން" ދުރުހެލިވެފައިވާ ކުއްޖަކަށް އެކުއްޖާ ހެދުމަށް އިލްތިމާސް ކުރެއްވުމާއިއެކު ޝައިޚް ވަނީ އެކަންކުރުމަށް މަންމައާއި ބައްޕަ އަކީ ﷲ އެންގެވިގޮތަށް އުޅޭ ދެމަފިރިންކަމުގައި ވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ޝައިޚް މުޖުތަބާ ޙަމީދުގެ ލިޔުއްވުން:
http://www.jamiyyathsalaf.com/1481/