ޢިލްމްވެރިންނަށް ހުރިހާ ތަނެއްވެސް ފެނިވަޑައިގަންނަވައެވެ. ނަޞޭޙަތް ވެސް ދެއްވައެވެ. ހިތާމައަކީ އަޑު އިވޭ މިންވަރު ކުޑަވުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޢިލްމްވެރިންނަށް ހުރިހާ ތަނެއްވެސް ފެނިވަޑައިގަންނަވައެވެ. ނަޞޭޙަތް ވެސް ދެއްވައެވެ. ހިތާމައަކީ އަޑު އިވޭ މިންވަރު ކުޑަވުމެވެ!

ޤައުމުގައި ކަމެއް ރަނގަޅު ކުރުމުން ނުވަތަ އިސްލާހްކުރުމުން ދީނީ ޢިލްމުވެރިން އެކަމަށް މަރުޙަބާ ވިދާޅުވެއެވެ. އެފަދަ ކޮންމެ ޙާލަތެއްގައި ވެސް އިތުރު ސުވާލުތައް ކުރިމަތިކުރުވައެވެ. މިވެނި ކަމެއް، އެވެނި ކަމެއް ހަމަ ފެނިވަޑައި ނުގަންނަވަނީތޯއެވެ؟

ދީނީ ޢިލްމުވެރިންގެ ވެރިންގެ ވަރަށް ގިނަ ވާހަކަފުޅުތައް ލިޔެވޭތޯ މަސައްކަތް ކުރާ ނޫޙެއްގެ ހައިޞިއްޔަތުން މިއަދުނޫހުން ބުނަންއޮތީ ދީނީ ޢިލްމުވެރިންނަށް ހުރިހާ ކަމެއްވެސް ފެނިވަޑައިގަންނަވައެވެ. ނަޞޭޙަތްވެސް ދެއްވައެވެ. ހިތާމައަކީ އަޑު އިވޭ މިންވަރު ކުޑައީ އެވެ.

ނަމާދަށް ބަންގި ގޮވުމުން ނަމާދަށް ދިއުމަށާއި ދެ ނަމާދު ދޭތެރޭގައި ކުޅިވަރު ކުޅުމާއި މިޔުޒިކް ކުޅުން ފަދަ ކަންކަން ހަމަ އެއްގޮތަކަށްވެސް ނުކުރުމަށާއި ޖަމާއަތަށް ނަމާދަށް ނުދެވޭ ގޮތަށް ކަސްރަތު ކުރަން ނުދިއުމަށާއި މިފަދަ ވަރަށް ގިނަ ކަންތައްތަކަށް ނަޞޭޙަތް ދެއްވައެވެ. ރޭގަނޑު ކޮންމެހެން ކަމެއް ކުރަން ޖެހިގެން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ނުތިބުމަށާއި އަވަހަށް ނިދާފައި ފަތިހު ހޭލައިގެން ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވުން ފަދަ ކަންކަމަށް މެދު ކެނޑުމެއް ނެތި ގެންދަވަނީ ނަޞޭޙަތް ދެއްވަވަމުންނެވެ. 

މިއަދު ރާއްޖޭގައި އޮތް ޘަޤާފަތަކީ މިކަން ކަމާއިމެދު ކަންބޮޑުވާ މީހުން ވެސް މިކަންކަމަށް އަމަލު ނުކޮށް ދިނީ ޢިލްމުވެރިންނަށް އިނގިލި ދިއްކުރުމެވެ. މިކަންކަމަށް ރައްޔިތުން ސަމާލުކަން ދޭނަމަ ފަތިސް ނަމާދަށް ލިބޭނީ 2 ސަފެއް ނޫން ދޮގެއްތޯއެވެ؟ ޢިޝާ ނަމާދުގެ ޖަމާއަތުގައި ބައިވެރިވާ މީހުންނަށްވުރެ އެވަގުތު ކަސްރަތުކުރުމުގައާއި މޫދުގައި އުޅޭ މީހުންގެ އަދަދު ގިނައެއް ނުވާނެ ދޮގެއްތޯއެވެ؟ ރޭގަނޑު 9 ޖެހީންސުރެ ބަނަދުކުރަންދެން ރެސްޓޯރަންޓްތައް ފުރެންދެން މީހުން ނުތިބޭނެ ދޮގެއްތޯއެވެ؟ 

ކަސްރަތު މިކުރަނީ ޞިއްހަތަށް ފައިދާ ހޯދާށެވެ! ފައިދާ ދެއްވަވަނީ ﷲ ތަޢާލާއެވެ. އެކަމަކު ﷲ ތަޢާލާ ޙަރާމް ކުރެއްވެވި މިޔުޒިކާއި ނުލައި އެންމެ ކުޑަމިނުން ކަސްރަތުވެސް ކުރެވޭ ކަމަކަށް ނުވެއެވެ. ފުޓްބޯޅަ ފަދަ ކުޅިވަރެއްވެސް ކުޅެވޭ ކަމަކަށް ނުވެއެވެ. ފާހަގަކުރާނަމަ މިފަދަ ކިތައް ކަންތައް ފާހަގަ ކުރެވިދާނެތޯއެވެ؟ 

ކޮންމެ ބައެއްގެ ތެރޭގައި ވެސް މައްސަލަ ހުންނާނެއެވެ. ދީނީ ޢިލްމުވެރިންގެ ތެރޭގައި ވެސް މައްސަލަ ހުރުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޤައުމުގެ ކަންކަން އިޞްލާޙް ނުކުރެވިގެން މިއުޅެނީ ދީނީ ޢިލްމުވެރިން އެކަން ކަމަށް ސަމާލުކަން ނުދެއްވަވާތީ ކަމަށް ބެލެވޭކަށް ނެތެވެ. ކޮންމެ ކަމެއްގައިވެސް ޙަޤީޤަތް ޤަބޫލުކުރަން އެބަޖެހެއެވެ.

މިއަދު އޮންލައިން