ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުންހުރި، ތެލުގެ ވަގު ވިޔަފާރީގެ އައު މައުލޫމާތުތަކެއް ލިބިވަޑައިގެން، އެމައުލޫމާތު އެޓާނީޖެނެރަލް (އޭޖީ) އާ ހިއްސާކޮށްފައި ވާކަމަށްކުރީގެ ރައީސް މުހައްމަދު ނަޝީދު (އައްނި) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ، ވިލިމާލެ ދާއިރާ ޕްރައިމަރީގައި ސެއިހް ހުސައިން ރަޝީދުގެ ކެމްޕޭން ޖަލްސާއެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ ތެލުގެވަގުވިޔަފާރި އާއި ބެހޭއެ މައުލޫމާތުތައް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ރައީސް ޔާމީނާއި އަރިސްދެބޭފުޅެއްގެ ފޯނާއި، ލެޕްޓޮޕަކުން ކަމަށެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން އެމައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތްކަމަށެވެ. "އެމައްސަލަ މިސަރުކާރުން ބަލާނެކަމީ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެތް ހިނގާކަމެއްނޫން" ރައީސްނަޝީދުވިދާޅުވިއެވެ.
މިކަމާ ގުޅެގޮތުން އޭޖީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުފައެވެ.