ނަމާދުކުރުމަށް ލޯބިކުރާ ކަމަށް އެބަ ބުނަމުއެވެ؟ އެންމެ ރަނގަޅެވެ. ދުވާލަކު ކުރަނީ ކިތައް ނަމާދު ހެއްޔެވެ؟ ފަތިސް ނަމާދަށް ހޭލަން ހެއްޔެވެ؟ ކީރިތި ޤްރްއާނަށް ލޯބިކުރާ ކަމަށްވެސް އެބަ ބުނަމުއެވެ. ދުވާލަކު ކިތައް އާޔަތް ކިޔަވަން ހެއްޔެވެ؟ ހިތުދަސްކުރީ ކިތައް އާޔަތް ހެއްޔެވެ؟
ނިކަން ވިސްނައިބަލާށެވެ! ތިބާ ކުޑައިރު މައިން ބަފައިން ތިބާއަށް ޤްރްއާނުން މިންވަރެއް ދަސްކޮށްދިނެވެ. މިއަދު ތިބާގެ އުމުރަކީ 30،40، 50 އަހަރު ކަމަށްވެދާނެއެވެ. އިތުރަށް ދަސްކުރީ ކިހައި މިނަވްރެއް ހެއްޔެވެ؟ އިތުރަށް ދަސް ނުކުރި ތަނުގައި މައިން ބަފައިން ދަސްކޮށްދިން މިންވަރު ހަނދާން އެބަހުރި ހެއްޔެވެ؟
ﷲ ތަޢާލާ ގަންދީ ބުނަމެވެ. ތިމާއަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ލޯބިކުރާ ނުވަތަ ލޯބިކުރި މީހެއް ކަމަށް ބުނުމަކުން ނުފުދޭނެއެވެ. އެކަން ދައްކަން ޖެހޭނީ ތިމާގެ އަމަލުތަކުންނެވެ. ޤިޔާމަތް ދުވަހު ހިސާބު ބައްލަވާ ވަގުތު ބޭނުންވަނީ ތިމާ ދުނިޔޭގައި ހުރެ ދެއްކި މޮޅު ވާހަކަތަކެއް ނޫނެވެ. ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެއްވެސް ފައިދާއެއް ކުރާނީ ކުރި އަމަލުތަކުންނެވެ. ދީނަށް ގޮވާލައި ދެއްކި ވާހަކަތަކުގެ ފައިދާވެސް ކުރާނީ ތިމާ ދެއްކި ވާހަކަތަކާ އެއްގޮތަށް ތިމާ ވެސް އަމަލުކުރި ނަމައެވެ. ނޫން ނަމަ ދެއްކި ވާހަކަތަކަށް އަމަލު ނުކުރުމުން ސުވާލު ކުރައްވަވާނެއެވެ.
ވީމާ މޮޅު ވާހަކަތައް ދައްކާ ފަދައިން މޮޅަށް އަމަލުކުރާ މީހަކަށްވެސް ވާށެވެ! އެންމެ ކުޑަމިނުން ފަރުޟުތައް ބަރާބަރަށް އަދާކުރާ މީހަކަށްވާށެވެ! ފަރުޟު 5 ނަމާދު، ނަމާދުގެ ވަގުތުތަކުގައި ކުރާ މީހަކަށްވާށެވެ. ކޮންމެ ދުވަހަކުވެސް ކީރިތި ޤްރައާން ކިޔަވައި އުނގެނޭ މީހަކަށްވެސް ވާށެވެ! ސަލާމަތްކަމާއި އުފާ ފާގަތިކަން ލިބޭނީ އެއިރުންނެވެ.
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން