ﷲގެ އޯގާތެރިވަންތަކަން: 70 އަހަރު ވަންދެން "ޔާ ސަނަމް" ގޮވި މީހަކު އޮޅިގެން އެންމެ ފަހަރަކު "ޔާ ޞަމަދު" ގޮވުމުން ﷲ ވަގުތުން އިޖާބަ ދެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ﷲގެ އޯގާތެރިވަންތަކަން: 70 އަހަރު ވަންދެން "ޔާ ސަނަމް" ގޮވި މީހަކު އޮޅިގެން އެންމެ ފަހަރަކު "ޔާ ޞަމަދު" ގޮވުމުން ﷲ ވަގުތުން އިޖާބަ ދެއްވެވި!

އޭނާއަކީ ބުދުހަދައި އެތަކެއްޗަސް އަޅުކަން ކުރި މީހެކެވެ. 70 އަހަރުވަންދެން އޭނާ ކޮންމެ ދުވަހަކު ''ޔާ ސަނަމް" ކިޔައި އުޅުނެވެ. ނަމަވެސް އެއް ދުވަހަކު އޭނާއަށް ދޫ އޮޅިގެން "ޔާ ޞަމަދު" އެވެ ކިޔުނެވެ. (ޞަމަދު އެއީ ﷲ ތަޢާލާގެ ނަންފުޅެކެވެ. މާނައަކީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ އިލާހްއެވެ.) 

އޭނާއަށް އެފަދައިން ކިޔުމާއިއެކު "ތިމަން ﷲ ވޮޑިގެންވަމެވެ." ﷲ ތަޢަލާ ވަޙީ ކުރެއްވެވިއެވެ. އެހިނދު މަލާއިކަތުން ދެންނެވިއެވެ. "އޭނާއަށް ޖަވާބު ތިއަ ދެއްވެވީ ކީއްވެގެންތޯއެވެ؟ އޭނާއަށް އެހެން ކިޔުނީ ޤަޞްދްކުވެސް ނޫނެވެ. އެހިނދު ﷲ ތަޢާލާ ވަހީ ކުރެއްވެވިއެވެ. "އޭނާ ތިމަން ﷲގެ މަގަށް ރުޖޫޢަވުމަށް 70 އަހަރު އިންތިޒާރު ކުރައްވައިފީމެވެ." 

މީސްތަކުންނޭވެ! ﷲ ތައާލާގެ ދީލަތިވަންތަކަމާއިމެދު ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! އަހަރެމެން އެންމެ ފަހަރަކު ﷲ ތަޢާލާއަށް "ޔާ ﷲ" ދަންނަވައިފިނަމަ 70 ފަހަރު ﷲ ތަޢާލާ އަހަރެމެންނަށް "ޔާ ޢަބްދީ" އިޖާބަ  ދެއްވަވައެވެ. 

އަހަރެމެން ދެކެ އެންމެ ލޯބިވަނީ މައިން ކަމަށް އެބަ ބުނަމުއެވެ. ނަމަވެސް ދަރިއަކު 5 ފަހަރު މަންމައަށް ގޮވައިފިނަމަ އެވަގުތަކު ރުޅި އާދެވެއެވެ. ނަމަވެސް ﷲ ތަޢާލާ އަހަރެމެންނާއިމެދު ކަންތައްތައް އެކުރައްވަވަނީ އެހެންނަކުން ނޫނެވެ. އެންމެ ފަހަރަކަށް 70 ފަހަރު އިޖާބަ ދެއްވަވަނީއެވެ.  އެހެންކަމާއިއެކުވެސް އަހަރެމެންނަށް މިއުޅެނީ އެކަން ޤަބޫލު ނުކުރެވިގެންނެވެ. އިރުއަރައި އޮއްސޭއިރު އެންމެ ފަހަރަކު ﷲ ތައާލާއަށް ދަންނަވައި ނުލެވިގެނެނެވެ. ހިތަށް އެއްޗެއް އަރައި އިޞްލާޙްވާކަށް އަދިވެސް ނުވޭ ހެއްޔެވެ؟

- ޝައިޚް ޠާރިޤް ޖަމީލްގެ ދަރުސަކުން

މިއަދު އޮންލައިން