އަވަށްޓެރިންގެ ރިވެތި އަޚްލާޤްގެ ސަބަބަބުން އިސްލާމްވި ޖަރުމަން ޢާއިލާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަވަށްޓެރިންގެ ރިވެތި އަޚްލާޤްގެ ސަބަބަބުން އިސްލާމްވި ޖަރުމަން ޢާއިލާއެއްގެ ވާހަކަ-

އަހަރެމެން ނިސްބަތްވަނީ ޖަރުމަނު ވިލާތަށެވެ. ކަން ދިމާވިގޮތުން ބައްޕައަށް ތުރުކީން ވަޒިފާއެއް ލިބުމުން އަހަރެމެންގެ ދިރިއުޅުން އެ ޤައުމަށް ބަދަލުކޮށް ދިރިއުޅެން ފެށީއެވެ.

ކަން ދިމާވިގޮތުން އަހަރެމެން ދިރިއުޅުނު ފްލެޓް ހުރި ބުރީގައި ދެން ދިރިއުޅުނީ މުސްލިމް 2 ޢާއިލާއެކެވެ. އަހަރެމެން އެ ފްލެޓުގައި ދިރިއުޅެން ފެށުމާއިއެކު ކޮންމެ ދުވަހަކުހެން އެ ދެ ފްލެޓުގައި ދިރިއުޅޭ މީހުން ކޮންމެވެސް އެއްޗެއް އަހަރެމެންނަށް ދެއެވެ. ބިސްކޯދާއި މޭވާ އާއި ތަރުކާރީ ގެ ބާވަތްތައްވެސް ދެއެވެ.

މިކަންވެގެންދިއައީ އަހަރެމެންނަށް ކުރިމަތިވި ވަރަށް އާދައާއި ޚިލާފް ކަމަކަށެވެ. އެއީ އެފަދަ ކަންކަމަކީ އަހަރެމެންގެ ޤައުމުން ފެންނަ ކަންކަން ކަމަށް ނުވާތީއެވެ. އެހެންވެ ސުވާލުކުރުމުން އެމީހުން ބުނީ އެއީ އެމީހުންގެ އާދަކާދަ ކަމަށެވެ. އަދި އަވަށްޓެރިންނަށް އެހީތެރިވެ ކަމޭހިތައި ހާލުބަލައި އުޅުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ. 

އެހިސާބުން އަހަރެމެން އިސްލާމް ދީން ދިރާސާކުރަން ފެށީމުއެވެ. ޚަތިމެއް ހޯދައިގެން ކިޔައި ކަންކަން އޮޅުންފިލުވަން ފެށީމުއެވެ. ނަތީޖާއަކަށްވީ އަހަރެއްހައި ދުވަސްތެރޭ އަހަރެމެންގެ ޢާއިލާގައި ހިމެނޭ މަންމަ ޢާއި ބައްޕަ އަދި ހަގު ދެ ކޮއްކޮ އަށްވެސް އިސްލާމް ދީނުގެ މަތިވެރިކަން އޮޅުން ފިލައި ޢާއިލާ އެކުގައި އިސްލާމްވުމެވެ. މިހާރު އަހަރެމެންނަކީ އިސްލާމް ދީނަށް އަމަލުކުރާ މުސްލިމުންނެވެ. 

މިއީ މީހުން އިސްލާމްވާ ގޮތުގެ ވާހަކަތައް ހާމަކުރާ ނޫހަކުން ހާމަކޮށްފައިވާ ލިޔުމަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. 

މިއީ މިއަދު ހަމަ އަޅުގަނޑުމެންނަށް ވެސް ކުރެވިދާނެ ކަންކަމެވެ. އަވަށްޓެރިއަކަށް އެހެން ދީނެއްގެ ބައަކު ވެއްޖެނަމަ، ރައްޓެހިންގެ ގޮތުގައި އެހެން ދީނެއްގެ ބައަކު ތިބި ނަމަ އެމީހުންގެ ދީނަށް އެނބުރުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ އިސްލާމް ދީނަށް އެމީހުން ޝައުޤުވެރިކުރުވޭތޯއެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ އެމީހަކަށް އެކުރެވުނީ ހާދަ މަތިވެރި ހެޔޮ އަމަލަކަށްވާނެއެވެ.

މިއަދު އޮންލައިން