ނެޝަނަލް ރިފޯމްގެ ނަމުގަ ޝައިޚް މުޙައްމަދު ދީދީ ސިޔާސީ ޕާޓީއެއް އުފައްދަވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ނެޝަނަލް ރިފޯމްގެ ނަމުގަ ޝައިޚް މުޙައްމަދު ދީދީ ސިޔާސީ ޕާޓީއެއް އުފައްދަވަނީ

ނެޝަނަލް ރިފޯމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް މުޙައްމަދު ދީދީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. 

ނިމިގެންދިއަ ރިޔާސީ ކެންޕޭނުގައި ޝައިޚް މުޙައްމަދު ދީދީ އަކީ ރައީސް ޔާމީނަށް ކެންޕޭންކޮށްދެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅެކެވެ. ޝައިޚް މުޙައްމަދު ލަޠީފް އާއި ދެބޭފުޅުން ވަނީ ރައީސް ޔާމީނުގެ ރަނިންމޭޓް. ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަރިހުގައި ގިނަ ރަށްތަކަކަށް ޒިޔާރަތް ކުރައްވައި ކެންޕޭނު ކުރައްވައިފައެވެ.

ޝައިޚް މުޙައްމަދު ދީދީ އަކީ އަދާލަތު ޕާޓީ އާއި މަދަނީ އިއްތިހާދުގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މިއަދު އޮންލައިން