މިއަދާއި މިރޭ ގިނަ ދަރުސްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޢަޞްރު ނަމާދަށްފަހު ވިޔަފާރިބވެރިންގެ މިސްކިތުގައި ދަރުސް ދެއްވާނީ ޝައިޚް ޢަލީ ނިޝާމްއެވެ.
މަޣްރިބް ނަމާދަށްފަހު 5 މިސްކިތެއްގައި ދަރުސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފަނޑިޔާރު މިސްކިތުގައި ދަރުސް ދެއްވާނީ ޝައިޚް މުޙައްމަދު މުޞްޠަފާއެވެ. އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވާނީ ޝައިޚް ނިމާލް މުޙައްމަދުއެވެ.
ނޫރު މިސްކިތުގައި ދަރުސް ދެއްވާނީ ޝައިޚް ޢަބްދުﷲ ސައުދާން އެވެ. ހުޅުމާލޭ ޢަޒީޒާ މިސްކިތުގައި ދަރުސް ދެއްވާނީ ޝައިޚް ޝައިޚް އާދަމް ނިޝާން އެވެ.
ވިލިމާލޭ މަސްޖިދުއްސަލާމްގައި ދަރުސް ދެއްވާނީ ޝައިޚް އަޒްމަތު ޖަމީލް އެވެ. ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސް އޮންނާނީ 8.30 ގައި އިސްލާމީ މަރުކަޒު މައިދާނުގައެވެ. ފަތިސްނަމާދަށްފަހު ޠޮއިބާ މިސްކިތުގައި ޝައިޚް މުޙައްމަދު ލަޠީފްގެ ރިޔާޟުއްޞާލިޙީން ކްލާސް ކުރިއަށް ގެންދަވާނެއެވެ.