މަރު އަންނާނީ އެޕޮއިންޓްމަންޓް ހަދައިގެނެއް ނޫން! އަބަދުވެސް ތައްޔާރަށް ހުރުމަކީ އެމީހަކު ކުރަންޖެހޭ ކަމެއް! ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަރު އަންނާނީ އެޕޮއިންޓްމަންޓް ހަދައިގެނެއް ނޫން! އަބަދުވެސް ތައްޔާރަށް ހުރުމަކީ އެމީހަކު ކުރަންޖެހޭ ކަމެއް! ޝައިޚް ޢަލީ ޒައިދު

މިއަދު ދުނިޔޭގައި ހުރި ކޮންމެ މީހަކަށްވެސް މިއަދު އެބަ އޮތެވެ. ނަމަވެސް މާދަމާ އަންނާނެކަން އެއްވެސް މީހަކަށް ޔަޤީނެއް ނޫނެވެ. މަރު އަންނާނީ ބުނެފައެއް ނޫނެވެ.

މަރު އަންނާނީ އަންގައިވެސް ނުލައެވެ. ކޮންމެ ވަގުތަކުވެސް މަރު އަތުވެދާނެ ކަމަށް ތައްޔާރަށް ހުރުމަކީ އެމީހަކު ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ބެލިނަމަވެސް ކޮންމެ ދުވަހަކު މިދަނީ އެތައް ބައިވަރު ޒުވާނުން މަރުވަމުންނެވެ. ކުއްލިކުއްލިއަށް މަރުވާ މީހުންގެ އަދަދު މިދަނީ އިތުރުވަމުންނެވެ.

މަރު ހިއްޕަވަން މަލަކުލްމައުތު ވަޑައިގަތުމުން އަޅުކަން ކޮށްލަން އެއް ފުރުޞަތު އިތުރަށް ދެއްވުމަކަށް ނުއެދެވޭނެއެވެ. އެންމެ ސަޖިދައެއް ކޮށްލަން އަދި އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވެވުމަކަށް ނުއެދެވޭނެއެވެ. ހެޔޮ އަމަލުކޮޅެއް ކޮށްލާނެ ވަގުތު ކޮޅަކަށް ވެސް ނުއެދެވޭނެއެވެ.

" (މިއިން އެއްވެސް ކަމަކަށް އެދި) ނުބުނެވޭނެ! އަޖަލު އައުމުން ކޮންމެ މީހަކަށްވެސް ޖެހޭނީ ދާން! ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށްޓަކައި އިޞްލާޙްވޭ! ބިރުވެތިވޭ!" އަހަރެމެން މިހުރިހާ ބޮޑެތި، ގިނަ ފާފަތައް ކުރަމުން ގެންދާއިރުވެސް އަހަރެމެން ނުހިއްޕަވައި، ފަޟީޙަތް ނުކުރައްވައި ދޫކުރައްވަވާފައި މިވަނީ އެކަލާނގެ ރަޙްމަތުގެ ބޮޑުކަމުންނެވެ. ﷲ ތައާލާ އަންގަވާފައިވަނީ ތިމަން ރަސްކަލާނގެ ރަޙްމަތް ތިމަން ކަލާނގެ ކޯފާގެ މައްޗަށް ގަދަވެގެންވާ ކަމަށެވެ.

އަވަހަށް ތައުބާވާށެވެ! ކަނޑުގައިވާ ފޮނުތަކާއި އެއްވަރަށް ފާފަ ކުރެވިފައިވީނަމަވެސް އިޚްލާޞްތެރި ހިތަކާއިގެން މީހަކު ތައުބާވެއްޖެނަމަ އެ ތައުބާ ﷲ ތައާލާ ޤަބޫލުފުޅު ކުރައްވަވާނެއެވެ!

--މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި އިއްޔެ ޝައިޚް ޢަލީ ޒައިދު ވިދާޅުވި ޚުޠުބާއިން

މިއަދު އޮންލައިން