"ލާދީނީ"ގެ މާނަ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
"ލާދީނީ"ގެ މާނަ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފި

"ލާދީނީ- ގެ މާނައަކީ މީހާ ދީނުން ބޭރުވުމެއް ނޫން. މި ލަފުޒު ރާޖޭގަ ބޭނުންކުރަނީ ކިނަ ކަންކަމުގައި އިސްލާމް ދީނާއި ފުށޫއަރާ ފަދަ ފިކުރާ ބަސްމަގު ގެންގުޅޭ މީހުންނަށް! ފަހަރެއްގައިވެސް އެއިގެ މާނައަކީ އޭނާ މުރުތައްދު ކަމަށް ނިންމުމެއް ނޫން. މާނަ އޮޅުވައި ނުލައްވާ! " މިއީ ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވިޓެކެވެ.

ރާއްޖޭގައި "ލާދީނީ" ކަމަށް ބުނެ އުޅެނީ އެމީހެއްގެ ކިބައިން ތަކުރާރުކޮށް އިސްލާމް ދީނާއި ދެކޮޅު އަމަލުތަކާއި ބަސްމަގު ފެންނަ މީހުންނަށްކަން ފާހަގަކުރެވެއެވެ. އަދި އެމީހަކީ އިސްލާމް ދީނަށް އެއްވެސް ވަރަކަށް ލޯބިކުރާ މީޙެއްނަމަ، އިސްލާމް ދީނުގެ އަދާވާތްތެރިއެއް ނޫންނަމަ އެގޮތަށް އެކަން ތަކުރާރުކުރަމުން ގެންދާނެ ކަމަކަށް ނުބެލެވެއެވެ.

މީހަކަށް ނުއެނގި ނުވަތަ އޮޅިގެން ބަހެއް ބުނެވުމާއި ތަކުރާރުކުރަމުން ގެންދިއުމަކީ މުޅިން ތަފާތު ދެ ކަމެކެވެ.

https://twitter.com/alizaid1000/status/1081757118552694784

 

 

މިއަދު އޮންލައިން